A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: ޕޮޒިޓިވްވި އަދަދު ބޮޑުތަނުން ދަށަށް – މިއަދު ޕޮޒިޓިވްވިީ 7 މީހުން

ކޮވިޑް-19 ބައްޔަށް ފެތުރެމުން ދާ ނިސްބަތް % އިން - 8 ޖޫން 2021

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 7 މީހުންނެވެ. ފާއިތުވި 9 ދުވަހަށް ބަލާއިރުވެސް މިއަދު މީ އެނެމް މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި މިއަދު ނަތީޖާ ލިބުނު 130 ރޭންޑަމް ސާމްޕަލް އިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެއާއެކު މިހާރު ބަލިފެތުރޭ މިންވަރު ވަނީ %4.6 އަށް ދަށް ވެފައެވެ. އިއްޔެ މިއަދަދު ހުރީ %5.7 ގައެވެ.

މިއަދު ޕޮޒިޓިވްވި 7 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންއިން 4 މީހަކާއި، ފުލޫ ކުލިނިކުން 3 މީހެކެވެ. މީގަިއ ހިމެނެނީ ދިވެހި 6 އަދި ބިދޭސީ 1 މީހެކެވެ. މީގައި ހިމެނެނީ ފްލޫ ކުލިން ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި 3 އަދި ކޮންޓެކްޓުންގެ ތެރެއިން 4 މީހެކެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 8 ޖޫން 2021

މިއަދު ބައްޔަށް ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 3

ކޮންޓެކްޓުންގެ 4

ރޭންޑަމް ސާމްޕަލް 0/103

މިއަދު 26 މީހަކު ބަލިން ރަނގަޅުވެ އެކްޓިވް ކޭސްގެ ޖުމްލަ ހުރީ 183 ގައެވެ. މީގައި ހިމެނެނީ ފްލޫ ކުލިނިކުން 36، ކޮންޓެކްޓްްސްގެ ތެރެއިން 120 ތެރެއިން ރޭންޑޮމް 27 މީހުންނެވެ. އެއީ 150 ދިވެހިންނާއި 77 ބިދޭސީންނެވެ.

އެކްޓިވް މީހުންގެ ޖިންސަށް ބަލާއިރު 126 ފިރިހެނުންނާއި 57 އަންހެނުން ހިމެނެއެވެ.

އަދި ބަލިން ރަނގަޅުވި ޖުމުލައަކީ 415 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 616 އަށް އަރާފައެވެ. މިބަލީގެ އެއްވެސް މީހަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ނުދާ ކަމަށާއި އައްޑޫ ސިޓީއަށް އިތުރު ފަރުވާއަށް ކުރިން ފޮނުވި 3 މީހުން ވެސް އަނބުރާ ރަށަށް އައި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލު ދީދީ އާއި އާއި ޑިރެކްޓާ އަލީ މަސީހުއެވެ.

އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 40، އަދި ފުނާޑު 32 މީހުން އެބަތިއްބެވެ.

ފުވައްމުލައް ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް ހުރި ގޮތް

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 161

ނަތީޖާ ނުލިބޭ 161

ނަތީޖާ ލިބުނު 151،

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލާއިރު ޕޮޒިޓިވްވާ ރޭޓް ހުރީ %4.6 ގައެވެ.

މިހާތަނަށް 13،407 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

ފުރަތަމަ ޑޯޒް 5832

ދެވަނަ ޑޯޒް 3164

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !