ކޮވިޑް އަޕްޑޭޓް: ޕޮޒިޓިވްވާ އަދަދު ދަށަކަށް ނުދޭ – މިއަދުވެސް 15 ކޭސް ޕޮޒިޓިވް

ކޮވިޑް-19 ބައްޔަށް ފެތުރެމުން ދާ ނިސްބަތް % އިން - 10 ޖޫން 2021
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ދަށަށް ދާތަނެއް ނުފެނެއެވެ. މިއަދުވެސް 15 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު މިއަދު ބަލިފެތުރޭ މިންވަރު މިހުރީ %8.0 ގައެވެ.

މިއަދު ޕޮޒިޓިވްވި 15 މީހުންގެތެރޭގައި ހިމެނެނީ ރޭންޑަމް ސާމްޕަލުން ޕޮޒިޓިވް ވި 4 މީހަކާއި ކޮންޓެކްޓުން ގެތެރެއިން 11  ޕޮޒިޓިވްވި މީހެކެވެ. މީގައި ހިމެނެނީ ދިވެހި 9 މީހަކާއި އަދި ބިދޭސީ 6 މީހެކެވެ.

މިހާރު ތިބި ކޮވިިޑް ބަލިމީހުންގެ ތެރެއިން އިތުރުފަރުވާއަށް ކޮވިޑް ފެސިލިޓީގައި އިއްޔެ އެކަކު އެޑްމިޓްކޮގެން ފަރުވާ ދެމުން އަންނަކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. އެބަލިމާހާގެ ހާލަތު ރަނގަޅުުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ހާމަކުރައްވާފައި ވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 10 ޖޫން 2021

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުންނާއި ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރަކު ބައިވެރިވެފައި ނުވާތީ އާއްމުން ކަންބޮޑުވުން ފާޅުކުރިއެވެ. މިރޭ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ އިތުރުން ޑިރެކްތާ އަލީ މަސީހު އެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 11

ރޭންޑަމް ސާމްޕަލް 4/100

މިއަދު 23 މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 192 އެވެ. މީގައި ހިމެނެނީ 128 ފިރިހެނުންނާއި 64 އަންހެނުންނެވެ. އެއީ 125 ދިވެހިންނާއި 67 ބިދޭސީންނެވެ. މިއަދާއި ހަމަޔަށް ބަލިން ރަނގަޅުވި ޖުމުލައަކީ 464 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 655 އަށް އަރާފައެވެ.

 

ފުވައްމުލައް ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް ހުރި ގޮތް

ފުވައްމުލައް ސިޓީގެ އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އަދިވެސް އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 53، އަދި ދެވަނައަށް ފުނާޑުގައި 32 މީހުން އެބަތިއްބެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 164

ނަތީޖާ ނުލިބޭ 150

ނަތީޖާ ލިބުނު 187،

 

ކޮވިޑް-19 ފުވައްމުލައް ސިޓީ ސާމްޕަލް ތައް ޓެސްޓް ކުރެވެމުންދާ ގޮތް- 10 ޖޫން 2021

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލާއިރު ޕޮޒިޓިވްވާ ރޭޓް ހުރީ %8.0 ގައެވެ.

މިހާތަނަށް 13،897 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

ފުރަތަމަ ޑޯޒް 5839

ދެވަނަ ޑޯޒް 3176

އުސޫލުތަކާއި ޚިލާފުވެގެން މިއަދު 29 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments