A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަނީ

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް 2021

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުން އެބަދެއެވެ. އެގޮތުން މިއަދު ވަނީ އެމްޑީޕީ ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތަކާއެކު އެމްޑީޕީ އޮފީހުގައި އޮންލައިން ބައްދަލުވުމެއް ވެސް ކުރިޔަށް އެބަ ގެންދެއެވެ.

މިއަދު ކުރިޔަށް ދިޔަ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔާރު އިސްމާއީލް ރަފީގު އާއި އައްޑޫ ސިޓީގެ މޭޔަރު ނިޒާރު އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ވާހަކަ ދެއްކެވިއެވެ. އަދި މިރޭ “އެމްޑީޕީ ހަރުގެ” ކްލަބްހައުސް ބައްދަލުވުން މިާޙރުވެސް ކުރިޔަށް އެބަގެންދެއެވެ.

އެމްޑީޕީގެ 16 އަހަރު ދުވަސް ފާހަގަ ކުރާ އިރު ގިނަ ބޭފުޅުން ފާހަގަ ކުރެއްވީ މިއަހަރީ ދުވަހާއި ކުރިމަތިލީ ހިތާމައާއި އުފާލާވެސް އެކުގައި ކަމެވެ. އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ދެވުނު މަރުގެ ހަމަލާގެ ވާހަކަ ފާހަގަ ކުރެއްވިއެވެ.

2021

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު މިވަގުތު އެމްޑީޕީއަކީ ރާއްޖެގެ އެންމެބޮޑު އެންމެ ގިނަ މީހުން ތިބި ޕާތީއެވެ. އެމްޑީޕީގައި 93 ހާސް މީހުން ތިބި އިރު މިހާރުގެ ވެރިކަމަކީ އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަނުގެ ވެރިކަމެކެވެ.

މިސަރުކާރުގައި އެމްޑީޕީގެ ހިއްސާއަކީ %40 އެވެ. އެމްޑީޕީގެ ރައީސަކު ހުރިނަމަވެސް ނާއިބު ރައީސަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތް ވާ ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީއަށް ރައްޔިތުންގެ މަޖުލީހުގެ ސުޕާ މެޖޯރިޓީ ލިބިފައި ވެއެވެ. އެގޮތުން މަޖުލީހުގެ 65 މެމްބަރުން އެބަތިއްބެވެ. އަދި އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީއިންނެވެ. ނަމަވެސް މާލެއާއި އައްޑޫ ސިޓީގެ ގިނަ ގޮނަޑިތަކެއް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިވިއިރު އެމްޑީޕީގެ އެންމެ އިސް ދެ މެމްބަރުން ކަމަށްވާ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެ ބޭފުޅުންގެ ދެމެދުގައި ޚިޔާލު ތަފާތުވެ ޕާޓީ ދެފަޅިވެގެން ދާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެމްޑީޕީގެ އިސް މެމްބަރުން ހާމަކުރައްވަނީ އެމްޑީޕީއަކީ ޚިޔާލު ތަފާތުވުމާއެކު ވެސް ކުރިޔަށް ދާން އެނގޭ ޕާޓީއެއްކަމަށެވެ. އެހެން ޕާޓީތައް ބައިވެގެން ދިޔަގޮތަށް އެމްޑީ ފަޅިވެގެން ދާނެކަމެއް ނޫން ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    shukuriyyaa