A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން 2022-2026 އެކުލަވާލުމަށް ޚިޔާލުހޯދުމުގެ ފުރަތަމަ ބައްދަލުވުން މިރޭ

މިރޭގެ ބައްދަލުވުމުގެ އެން

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން 2022-2026 އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ އޮންލައިން ކުރިޔަށް ގެންދަން ތައްޔާރުވެއްޖެއެވެ. މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު 7/2010 ގެ ދަށުން އެކުލަވާލަން ޖެހޭ ތަރައްގީގެ ޕްލޭނެކެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީގެ އައު ޕްލޭނެއް އެކުލަވާލުމައްޓަކައި މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް އެކި ކަންކަމަށް ތަފާތު ބައްދަލުވުން ތަކެއް ބޭއްވުމަށް ތާވަލް ކުރެވިފައި ވެއެވެ. މިބައްދަލުވުން ތައް ކުރިޔަށްގެންދަނީ ޒޫމް ޕްލެޓްފޯމާއި ކްލަބްހައުސްގައި ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން މިބައްދަލުވުން ތައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވެސް ހަމަޖެހިފައި ވެއެވެ.

މިބައްދަލުވުންތައް ކުރިޔަށްގެންދަނީ ރޭގަނޑު 8:00 އިން އަދި ރޭގަނޑު 9:45 އިން ފެށިގެންނެވެ. މިރޭގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ 8:00 އިންނެވެ.

މިރޭގެ ބައްދަލުވުން ޚާއްސަ ކުރެވިފައި ވަނީ ސިޓީގެ ވިޝަން އާއި ގުޅެ ގޮތުންނެވެ. މީގެ ކުރިން ސިޓީ ކައުންސިލުން ގެންގުޅުނު ވިޝަނަކީ “ދުނިޔޭގައިވާ އެންމެ އުފާވެރި ތަން” އެވެ.

އެނެމް ފަހުން އެކުލަވާލި ފުވައްމުލައް ސިޓީގެ ތައްރައްގީގެ ޕްލޭން 2019-2023 އަށް އަކީ ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރިޔަށް އޮތް 5 އަހަރަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމެނޭ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެކެވެ. އެ ޕްލޭނުން ހާސިލުކުރެވިފައި ވަނީ ކިހާ މިންވަރެއްތޯ ވެސް ބަލާލަން ޖެހެއެވެ. ތަރައްގީގެ ޕްލޭނުގައި ހިމަނާ ހުރިހަ ކަމެއް އެމުއްދަތުގައި ހާސިލު ނުވެދާނެއެވެ. އަދި އެކަންތައްތައް ހާސިލުނުވުމަށް މެދުވެރިވި ސަބަބުތައް ވެސް ކައުންސިލް ދައުރު ނިމޭއިރު އެކައުންސިލްކުން ހާމަކުރުމަކީ ރައްޔިތުންނަށް ކަންކަން ސާފުވެގެން ދާނެ މަގެކެވެ.

މިބައްދަލުވުންތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ ކަންކަމާިއ މެދު ޚިޔާލު ފާޅުކުރާ ރަށުގެ މީހަކު ހާމަކުރި ގޮތުގައި ރަށުގެ ތަރައްގީ އާއި ގުޅޭ ކަންކަމުގެ ބައްދަލުވުންތައް އޮންލައިންކޮށް އެހެން ހިސާބުތަކުގައި އުޅޭ މީހުންނަށް ވެސް ފަސޭހައިން ބައިވެރިވެވޭނެ ގައިޑެއްގައި ބޭއްވުމަކީ ގިނަ ބައެއްގެ ބައިވެރިވުން ލިބޭނެ ކަމެއްކަމަށް ހާމަކުރިއެވެ. އެގޮތުން ރޭގަނޑުގެ ވަގުތަކީ އެންމެ ރަނަގޅު ވަގުތުކަމާއި ގިނަބަޔަކު ދުވާލުގެ އެމީހުންގެ މަސައްކަތް ނިންމާފައި ރަށުގެ ތަރައްގީގެ ކަންކަމުގައި ޚިޔާލު ފާޅުކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ހާމަކުރިއެވެ.

ފާއިތުވި ދުވަސްތަކުގައި ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ގިނަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން އެދެވޭ ބައިވެރިވުމެއް ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ގިނަ ކަންކަމަށް ފޭސްބުކުގައި ނުވަތަ ސޯޝަލް މީޑިއާގައި ފާޑުކިޔާ މިހުން ގިނައިން ފެނެއެވެ. އެހެން ދިމާވަނީ ފަހަރެއްގައި އެބައްދަލުވުން ބޭއްވޭ ގޮތުން އެފަދަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިފަހަރު އެފަދަ ފަރާތްތަކަށް ވެސް އެފުރުސަތު މިވަނީ ހުޅުވިގެން ގޮސްފައެވެ.

މިބައްދަލުވުމުަގއި ބައިވެރިވުމަށް:

ޒޫމް މެދުވެރިކޮށް: ވިޝަން ބައްދަލުވުން ލިންކް

ކްލަބްހައުސް މެދުވެރިކޮށް: ވިޝަން ބައްދަލުވުން ލިންކް

ފުވައްމުލައް ސިޓީ ޕްލޭން 2022-2026 ބައްދަލުވުންތަކުގެ ތާވަލް

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ބައްދަލުވުން ވަނީ މި ޖުލައި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 އަށް ތާވަލް ކުރެވިފައއެވެ. އެ ބައްދަލުވުމަކީ ކުރިޔަށް އޮތް އަހަރަށް ސިޓީ ކައުންސިލްގެ މަސައްކަތްތައް ރޭވުމަށާއި އަހަރީ ބަޖެޓް އެކުލަވާލުމައްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ސީޓި ކައުނސިލްން ހާމަކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !