ތަރައްޤީގެ ޕްލޭން 2022-2026 އަށް ޚިޔާލުހޯދުމުގެ 8 އަދި 9 ވަނަ ބައްދަލުވުން މިރޭ

ތަރައްގީގެ ޕްލޭނަށް ޚިޔާލުހޯދުމުގެ 2 ވަނަ ބައްދަލުވުން މިރޭ، 24 ޖުލައި 2021.
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން 2022-2026 އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވަމުން އަންނަ ސިސްސިލާ ބައްދަލުވުންތަކުގެ 8 ވަނަ އަދި 9 ވަނަ ބައްދަލުވުން މިރޭ އޮންލައިން ކުރިޔަށް ގެންދަން ތައްޔާރުވެއްޖެއެވެ.

މިރޭ (24 ޖުލައި 2021) ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލާ ފުރަތަމަ މައުޒޫ އާކީ ‘ޒުވާނުންނާއި ކުޅިވަރު، އެންޖީއޯތައް ބާރުވެރިކުރުން؛ އެވެ. މިމައުޒޫއަށް ވާހަކަ ދެއްކުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 8:30 އިން ފެށިގެން 9 ގަޑި9:45 އަށެވެ.

މިރޭގެ ދެވަނަ މައުޒޫއަކީ “ދީނާއި މުޖުތަމައު” އެވެ. މިމައުޒޫއަށް މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:00 އިން 11:30 އަށެވެ.

މީގެ ކުރިން ބޭއްވުނު 7 ބައްދަލުވުމުގައި ވެސް ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ފުވައްމުލައް ސިޓީ ކައުންސިލަށް، މިފޯރަމް މެދުވެރިކޮށް ހިއްސާކޮށްފައި ވެއެވެ. މިބައްދަލުވުންތައް ކުރިޔަށް ގެންދަނީ ކްލަބްހައުސްގައި ވެއެވެ. އަދި މި ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން މިބައްދަލުވުންތައް ލައިވް ކުރަމުން އާދެއެވެ.

މީގެ އިތުރުން ވެސް ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހުށަހަޅަން އެދޭ ފަރާތްތަކަށް އެކަމަށް އިތުރު ފުރުސަތުދިނުމުގެ ގޮތުން މައިވޮއިސް ފުވައްމުލައް ސިޓީގެ ނަމުގައި ވެބްޕޯޓަލް އެއް ގާއިމުކޮށް ފުވައްމުލައް ސިޓީގެ އެކިއެކި ސަރަހައްދުތައް ތަރައްގީ ކުރުމުގައި ރައްޔިތުންގެ ޚިޔާލު ލިޔުމުންނާއި ކުރެހުމުން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ތަރައްގީގެ ޕްލޭނަށް ލިޔުމާއި ކުރެހުމުން ޚިޔާލު ހުށަހެޅުމަށް – މައިވޮއިސް ޕޭޖް

ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ހުށެހެޅުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ގިނަބަޔަކު ބަލައިގަނެއެވެ. ސިޓީ ކައުންސިލުން މިފަދަ ކަންކަން ރާވައި ކުރިޔަށްގެންދާނެ ގޮތް މިއަދު ކަނޑައަޅާނީ، ރައްޔިތުން ކަންކަން ކުރުމުގައި ގޮތް ނިންމުމަށް އައްޔަން ކޮށްފައިވާ ފަރާތްތަައް ކަން ބަލައިގަންނަން ޖެހެއެވެ. އެއީ އަދި އެންމެ ރަނަގަޅު ގޮތް ކަމުގައި ވަކިވަކި މީހުންނަށް ނުވެދާނެއެވެ. އަދި އެފަދަ ފަރާތްތަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމަކީ ވެސް މައްސަލައެއް ކަމުގައި ބަލަގަތުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ފުވައްމުލައް ސިޓީގެ ތައްރައްގީގެ ޕްލޭނެއް އެންމެ ފަހު އެކުލަވާލީ 2019-2023 އަށެވެ. އައު ޕްލޭނެއް އެކުލަވާލާއިރު ކުރީގެ ޕްލޭނުން ހާސިލު ކުރެވިފައި ވަނީ ކިހާ މިންވަރެއްތޯ އާއި ހާސިލުނުވި ކަންކަމަށް ދިމާވި ގޮތޮންޖެހުންތަކަކީ ކޮބައިތޯ ވެސް ބަލާލުން ރަނގަޅެވެ. ތަރައްގީގެ ޕްލޭނުގައި ހިމަނާ ހުރިހައި ކަމެއް އެ މުއްދަތުގައި ހާސިލު ނުވެދާނެ ކަންވެސް ގަބޫލުކުރަން ޖެހެއެވެ. އަދި އެކަންތައްތައް ހާސިލުނުވުމަށް މެދުވެރިވި ސަބަބުތައް ވެސް ކައުންސިލް ދައުރު ނިމޭއިރު އެ ކައުންސިލްކުން ހާމަކުރުމަކީ ރައްޔިތުންނަށް ކަންކަން ސާފުވެގެން ދާނެ މަގެކެވެ.

ރޭ ގެ ބައްދަލުވުމުގެ ބައިވެރިންގެ މަޝްވާރާގެ ތެރެއިން

މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު 7/2010 ގެ ދަށުން އެކުލަވާލަން ޖެހޭ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދާ ބައްދަލުވުންތަކެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިރޭ ބައްދަލުވުމުގައި ބައިވެރިވުމަށް:

ކްލަބްހައުސް މެދުވެރިކޮށް: ޒުވާނުންނާއި ކުޅިވަރު، އެންޖީއޯތައް ބާރުވެރިކުރުން

ކްލަބްހައުސް މެދުވެރިކޮށް: ދީނާއި މުޖުތަމަޢު

ކޮންމެ ބައްދަލުވުމެއްގެ ވެސް ފަހު 5 މިނިޓްގައި އެރޭގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ޚުލާސާއެއް ގެނެސްދިނުން މުހިންމު ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments