ފުވައްމުލައް ސިޓީ އިން ފުރަން ބޭނުންވާ މީހުންނަށް ޕީސީއާރު ޓެސްޓް ސާމްޕަލް ނަގައިދިނުން ކޮންމެ ދުވަހަކު ހަވީރު ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖު ސަރަހައްދުގައި ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.
އިއްޔެ ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނެގިއިރު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފުވައްމުލަކުން ފުރާ ކޮންމެ މީހެއްގެ ކޮވިޑް-19ގެ ޕީސީއާރު ސާމްޕަލް ނަގައި ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި ވެއެވެ. އަދި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ފުވައްމުލަކުން ފުރޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގަޓިވް ނަތީޖާއާއި އެކުކަމަށް ވަނީ ކަނޑައަޅާފައި ވެއެވެ.
އެއާއެކު ފުވައްމުލަކު ހޮސްޕިޓަލުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރެއިން ނަތީޖާ ލިބުމަށް ދަތިނުވާނޭ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް ޓެސްޓް ސާމަޕްލަ ނެގުމަށް ހޮސްޕިޓަލުން އެދިފައި ވެއެވެ. އަދި ދަތުރު ކުރުމުގައި ޕީ.ސީ.އާރު ރިޕޯޓް ބޭނުންވާނަމަ (ރިސޯޓް އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް) ހަމަޖެހިފައިވާ އުސޫލުން ދަތުރުވެރިންގެ ސާމްޕަލް ނެންގެވުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ހޮސްޕިޓަލުން އެދިފައި ވެއެވެ.
އެޗްޕީއޭގެ ދެވަނަ ޝަރުތަކީ ކުރިޔަށް އޮތް 7 ދުވަސް ތެރޭގައި އާބާދީގެ %5 މީހުންގެ ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމެވެ. އެއީ ގާތްގަޑަކަށް 400 އެއހާ ސާމަޕލެވެ. ވުމާއެކު 7 ދުވަހު ދުވާލަކު 60 އެއްހާ ސާމްޕަލް ނެގުމުން އެއަދަދު ހަމަވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ވެކްސިން ނުހޖަހާ މީހުންގެ ކަރަންޓިނުން ރިރީޒް ކުރާ މީހުންގެ ތެރެއިން ވެކްސިން ނުޖހާތިބޭ މީހުން އެމީހުންގެ ސާމަޕލް ތެސްތ ްކުރުމަސް އަގު ދައްކަން ޖެހެއެވެ. އެގޮތުން ދެއްކުމަށް ކަނޑައެޅިފައި ވަނީ ކިހާ ވަރެއްކަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ރާއްޖެގައި އާއްމުކޮށް ޕީސީއާރު ޓްސްޓް ހަދައި ދިނުމުގެ އަގު ހުރީ 750 ރުފިޔާއާއި 1500 ރުފިޔާއާއި ދެމެދުގައި ކަމަށް ވެއެވެ.
ފުވައްމުލައް ސިޓިއީން އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 5078 މީހުންނެވެ. އެއީ ރަށުގަިއ އުޅޭ އާބާދީގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (2021) އިން އަންދާޒާ ކުރާ 9963 އަށް ބަލާނަމަ %51.0 އެވެ. އަދި މަދުވެގެން އެއް ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 6024 އެވެ. މިއީ އެއަދަދަށް ބަލާއިރު %60.5 އެވެ.
ޚިޔާލުތައް