A wide advertisement which will be shown on all devices. (700 x 100)

އިއުލާން ކުރި 4 ރަށުގައި ނުހިމެނުނަސް ފުވައްމުލަކަށް ޕީސީއާރު މެޝިން ލިބޭނެ ކަމަށް އުއްމީދުކުރެވޭ!

ޕީސީއާރު ޓެސްޓް ލެބެއް

ފުވައްމުލަކު ސިޓީއިން ކޮވިޑު ޓެސްޓް ހެދުމަށް ނެގޭ ސާމްޕަލްތައް ޓެސްޓް ނުކުރެވި ގިނަ ދުވަސްތަކެއްވުމާއި، ސާމްޕަލް ނެގި ނަތީޖާ ނުލިބޭ އަދަދު އަބަދުވެސް މަތީ އަދަދެއްގައި ހުރުމަކީ ފުވައްމުލަކު ރައްޔިތުންގެ އިތުރުން ފުވައްމުލަކު އީއޯސީގެ ވެސް ކަންބޮޑުވުމެކެވެ. މިދިޔަ ހަފުތާގައި އެއަދަދު 500 އާއި ގާތްކުރާ އަދަދަށް އެރިއެވެ. އަދިވެސް އެއަދަދު އުޅެނީ އާންމުކޮށް 300 އިންމަތީގައެވެ. މިސަބަބާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުރި މިންވަރު އެގެނީ ސޯޝަލް މީޑިއާ ހާވާލުމުންނެވެ. ފުވައްމުލަކު ރާއްޖޭގެ ތިންވަނީ ސިޓީއަށް ވެފައި އެސިޓީގެ އާބާދީއަކީވެސް ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު އާބާދީއަށް ވާއިރު ކައިރީގައިވާ އައްޑޫ ސިޓީއިން ވެސް ފުވައްމުލަކުން ނެގޭ ސާމްޕަލްތައް ޓެސްޓު ނުކުރެވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 ނަތީޖާ ނުލިބޭ ސާމްޕަލް ހިސްޓްރީ ފާއިތުވި 11 ދުވަސް.

މިކަންތައްތައް މިގޮތަށް ހުއްޓާ، ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމު ކުރަން ނިންމި އިރު ފުވައްމުލަކު ނުހިމެނުމުން ގިނަ ބަޔަކު ޝަކުވާ އިންތިހާއަށް އިތުރުވިއެވެ. ސަރުކާރުން ފުވައްމުލަކު ބާކީ ކުރާ ވާހަކައަކީ އަބަދުވެސް ކޮންމެވެސް މިންވަރަކަށް ދެކެވޭ ވާހަކައެކެވެ. އެވާހަކަ އަނެއްކާވެސް ބާރުވެގެން ދިޔައެވެ. ސިޔާސީ ފަރާތްތަކަށް ފާޑުކިއުން އަމާޒުވިއެވެ.

މިކަމާއި ގުޅިން ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ފުވައްމުލަކުގައި ވަރަށް އަވަހަށް ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމުކުރެވޭނެކަމަށް އުއްމީދު ކުރާވާހަކަ ދައްކަވާފައެވެ. އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ވިދާޅުވީ “ހެލްތު މިނިސްޓަރ ކުރީގައި ވެސް ވިދާޅުވެފައިވާ ފަދައިން އެންމެ ފުރަތަމަ ލިބޭ ޕީސީއާރު މެޝިން ތަކުގެ ތެރެއިން މެޝިނެއް ފުވައްމުލަކުގައި ބަހައްޓައި ފުވައްމުލަކުގައި ކޯވިޑް 19 ފެތުރުން މަދުކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން” ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ލިބޭ ރަށްރަށުގެ ތެރޭގައި ފުވައްމުލަކު ނުހިމެނުނެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ، ލ. އަތޮޅު، ގދ. އަތޮޅު، ރ. އަތޮޅު އަދި ޅ. އަތޮޅުގައި ޕީސީއާރު ޓެސްޓިން ފެސިލިޓީތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެލިސްޓުގައެއް ފުވައްމުލަކެއް ނެތެވެ.

ނަމަވެސް، ފުވައްމުލަކު ސިޓީގެ އާ މޭޔަރު އިސްމާއީލް ރަފީގުވަނީ ކޮވިޑް ޓެސްޓްކުރާ މެޝިން ވަރަށް އަވަހަށް ލިބޭނެކަމަށާއި އެކަންތައްތައް ވަރަށް ގާތުން ބަލަމުންދާކަން ހާމަކޮށްފައެވެ. “ޕީސީއާއު މެޝިން ހޯދުމާއި ގުޅޭގޮތުން ރައީސާއި ނާއިބު ރައީސާއި ހެލްތު މިނިސްޓަރާއި އެމްޕީންނާއި ވެސް ވާހަކަ ދެކެވިއްޖެ، ފުވައްމުލަކު ހޮސްޕިޓަލަކީ އެންމެ ފުރަތަމަ ޕީސީއާރު މެޝިން ގާއިމުކުރެވޭ އެއް ހޮސްޕިޓަލަށް ވާނެކަމުގެ ޔަގީންކަން މިއަދުވެސް ހެލްތު މިނިސްޓަރު ދެއްވި، އަޅުގަނޑު މިދަނީ ގާތުން މިކަން ބަލަމުން” މޭޔަރު އިއްޔެ ފޭސްބްކުގައި ލިއުއްވިއެވެ.

އެހެންކަމުން، މޭޔަރު ވެސް މިދާޅުވާ ފަދައިން ފުވައްމުލަަކުން ކޮވިޑަށް ޓެސްޓް ކުރެވުމުގެ ޚިދުމަތް ވަރަށް އަވަހަށް ގާއިމުވާނެ ކަމުގެ އުއްމީދުކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !