A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ގެ ޙާލަތު ރަނގަޅު ވަނީ ބާ؟

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 5 ސެޕްޓެމްބަރު 2021

ފާއިތުވި ދެ ދުވަހު ވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދު 3 ގައި ހުރިއިރު އެއިގެ ކުރީ ދުވަހު ހުރީ 5 ގައެވެ. ފާއިތުވި ދެ ހަފުތާގެ މުއްދަތަށް ބަލާއިރު ބަލިޖެހޭ އެވްރެޖު ރޭޓް ހުރީ ދުވަހަކަށް %7.0 ގައެވެ. އަދި އިއްޔެ މިރޭޓް ވަނީ %3.9 އަށް ދަށްވެފައެވެ.

މީގެ އިތުރުން ފާއިތުވި ދެ ދުވަހު ރަށުތެރޭ ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ އެންމެ ސާމްޕަލެކެވެ. އެއީ ފްލޫ ކްލިނިކުން ނެގި ސާމްޕަލެކެވެ. ނިމުނު އޮގަސްޓްމަހު 22 ގައި ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލީފަހުން ރަށުގައި ބަލި ފެތުރޭ ނިސްބަތް އެވްރެޖްކޮށް ދަށްވަމުންދާކަން އަދަދުތަކުން ހާމަވެއެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ހާމަކުރި ގޮތުގައި މިހާރު ގެއަކަށް ބަލި ވަދެއްޖެއިޔާ އެގެއެއްގެ ގިނަބަޔަކަށް ބަލިޖެހެއެވެ. ނަމަވެސް ބަލިޖެހިގެން ހާލަތު ދަށަށްދަނީ ވަރަށް މަދު ފަހަރެއްގައި ކަމަށް، މިހާރު ބަލި ބޮޑަށް ފެތުރޭކަމަށް ދައްކާ ދިގުވާޑު އަވަށާއި ހޯދަޑު އަވަށުގެ ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި 3 މީހުންނާއެކު މިހާރު ސިޓީގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 122 އަށް ދަށްވެފައެވެ. އެއާއެކު މިހާރު ފުވައްމުލައް ސިޓީއިން ޖުމުލަ ޕޮޒިޓިވްވި އަދަދަކީ 1271 އެވެ. އަދި 11476 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

5 ސެޕްޓެމްބަރު 2021 އަށް ފުވައްމުލައް ސިޓީގައި ވެކްސިން ޖެހި ނިސްބަތް

ވެކްސިން ދިނުމަށް އައު ތާވަލެއް ފުވައްމުލަކު ހޮސްޕިޓަލުން އިއްޔެ އިއުލާކޮށްފައި ވެއެވެ. އެގޮތުން މިހާރު ހަފުތާގެ ފުރަތަމަ 4 ދުވަހު ސިނޮވެކް ވެކްސިން ޖަހަނީ މެންދުރު ފަހު އެވެ. ބުރާސްފަތި ދުވަހު ހެނދުނާއި ހަވީރު އެސްޓްރެޒެނެކާ ވެކްސް ޖެހެހުން ކުރިޔަށް ގެންދާގޮތަށެވެ. ވެކްސިން ޖެހުން މިހާރު ކުރިޔަށްގެން ދަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖް ސަރަހައްދުގައެވެ.

މިމަހު 22 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ އަދިވެސް އޮތީ އެޗްޕީއޭގެ 3 ވަނަ މޮނިޓަރިން ގައެވެ. ނަމަވެސް ސިޓީ ކައުންސިލާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ކުރެވުނު މަޝްވަރާތަކާއެކު ސްކޫލްތައް ހުޅުވައި ކިޔަވައިދިނުން ކުރިޔަށްގެނެދެއެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގައި ޚިދުމަތް ދިނުން ވާނި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށް ވަނީ ހުޅުވާލެވިފައެވެ.

ނަމަވެސް ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އަދިވެސް އޮތީ ކަފިއު އިއުލާންކޮށްފައެވެ. ހެލްތު މިނިސްޓްރީއިން ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު އިތުރު އެއްމަހަށް ދިގުކޮށްފައެވެ. އެގޮތުން އެންމެ ފަހުން އިއުލާންކުރި މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައެވެ.

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 129 (ރަށުތެރޭ 64)

ނަތީޖާ ނުލިބޭ 108

ނަތީޖާ ލިބުނު 77 (ރަށުތެރޭ 35)

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: – އާއެކު ޖުމުލަ 7244

ދެވަނަ ޑޯޒް:  -، އާއެކު ޖުމުލަ 5511

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !