މަހަލްދީބް ކްލިނިކްގައި 3ޑީ އާއި 4ޑީ ސްކޭން ހިލޭ ކޮށްދެނީ

މަހަލްދީބު ކްލިނިކްގައި 3ޑީ އާއި 4ޑީ ސްކޭން ތައާރަފުކުރުން 2021
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި އަމއްލަ ފަރާތަކުން ހިންގާ މަހަލްދީބް ކްލިނިކްގައި 3ޑީ އާއި 4ޑީ ސްކޭން ތައާރަފުކޮށްފިއެވެ. ތްރީޑި އާއި 4ޑީ ސްކޭނުން އިން ބަނޑުގަިއވާ ދަރިފުޅުގެ 3ޑީކޮށް ބަލާލެވުމާއި ދަރިފުޅުގެ ހަރަކާތްތައްވެސް ސާފުކޮށް ބަލާލެވެއެވެ.

މަހަލްދީބު ކްލިނިކުން ތައާރަފުކުރި މިޚިދުމަތާއެކު ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން މި ޕްރޮމޯޝަަނެއްގެ ދަށުން، މާދަމާއިން، 13-15 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް އަންހެނުންގެ ބަލިތަކާ ގުޅުން ހުރި ސްކޭންތަށް މުޅިން ހިލޭ ކޮށްދިނުމަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އެކްލިނިކްގެ ނަމްބަރު 6860656 އަށް ގުޅުމަށް ވަނީ ހުޅުވާލާފައެވެ.

2ޑީއާއި، 3ޑީ އަދި 4ޑީސްކޭންގެ ތަފާތު

3ޑީ އާއި 4ޑީ އަލްޓްރާ ސައުންޑް ސްކޭނުގައި ބޭނުންކުރާ ފަހުގެ ސޮނޮގްރާމް އަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ސާފުކޮށް ބަލައިލެވޭ ވަރަށް ފުރިހަމަ ޓެކްނޮލޮޖީއެކެވެ.

މަހަލްދީބު ކުލިނިކުން ފުވައްމުލައް ސިޓީގައި ތަފާތު ޚިދުމަތްތައް ދެއެވެ. އެގޮތުން އާއްމު ބަލިތަކުގެ އިތުރުން ކަށީގެ ބަލިތަކުގެ ފަރުވާއާއި، ނާރުގެ ބަލިތަކުގެ ފަރުވާ އާއި އޮޕަރޭޝަން ކުރައންޖެހޭ އެކި މައްސަލަތަކުގެ ފަރުވާ ވެސް ހިމެނެއެވެ.

ފުވައްމުލައް ސިޓީގައި މިހާރު ހުރި ސިއްޙީ ޚިދުމަތްދޭ ހަމައެކަނި ޕްރައިވެޓް ކްލިނިކަކީ މަހަލްދީބު ކްލިނިކެވެ.

މަހަލްދީބް ކްލިނިކްގެ ބައެއް ޚިދުމަތް

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments