އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021، ސެޕްޓްމެބަރު 25 ގައި ބާއްވަން ތައްޔާރުވަމުން އަންނައިރު ފުވައްމުލައް ސިޓީ އިން 35 ކެންޑިޑޭޓަކު އެކި މަގާމުތަކަށް ވާދަކުރެއެވެ.
މި އިންތިޚާބުގައި ފުވައްމުލައް ސިޓީއިން ދެ ގޮތަކަށް މެމްބަރުން އިންތިޚާބު ކުރެއެވެ. އެއީ ކުރިން ޕްރޮވިންސްގެ މަގާމުތަކުގެ ބަދަލުގައި ސިޓީގެ މަގާމުތަކުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖުލީހުގެ ދާއިރާތަކުން އިންތިޚާބު ކުރާ މެމްބަރުންނެވެ.

ފުވައްމުލައް ސިޓީ އެމްޑިޕީ މަޖުލިސް 3 މެމްބަރުން
އެގޮތުން ފުވައްމުލައް ސިޓީގެ މަގާމުތަކުގެ ގޮތުގައި ހޮވަން އިއުލާންކޮށްފައިވަނީ ސިޓީގެ ރައީސާއި ނާއިބުރައީސް އާއިއެކު ޖުމުލަ 2 މަގާމަށެވެ. މިދެ މަގާމަށް 7 މީހަކު ވާދަކުރެއެވެ.
ފުވައްމުލައް ސިޓީގެ އެމްޑީޕީ ރައީސް ކަމަށް:
1 މުޙައްމަދު ނިޡާމް ޙަސަން، މާލެގަން. މުސްކުޅިގެ، އާއި
2. މުހައްމަދު އިބްރާހިމް ދީދީ (މޮޑީ)، މާދަޑު، ވިދުވަރުގެ އާއި
4. ހަސަން ވާސިފް ހުސައިން، ފުނާޑު، ފަޅަގަނޑިގެ އެވެ.
ނާއިބު ރައީސް ކަމަށް:
1.އަހުމަދު އަބްދުﷲ، ފުނާޑު، ދިލްޝަންގެ، އާއި
2. އަލީ އިއްޒަތު (އިސިސް)، މިސްކިތްމަގު، އޯކަމް އާއި
3. މުހައްމަދު ޝުޖާޢު، ދޫނޑިގަން، ހަނީމޫން އާއި
4. މަރިޔަމް މުހައްމަދު ދީދީ، މިސްކިތްމަގު، އިލޫޝަން އެވެ.
ދެން މެމްބަރުން ހޮވަނީ ފުވައްމުލަކު 3 ދާއިރާގެ މަގާމުތަކަށެވެ. އެއީ:

އެމްޑީޕީގެ ފުވައްމުލައް ސިޓީ ނާއިބުރައީސް ކަމަށް ކުރިމަތިލާ 3 ކެންޑިޑޭޓުން
ފުވައްމުލަކު އުތުރު ދާއިރާ:
ރައީސް ކަމަށް: އިބްރާހިމް ސައީދު މުހައްމަދު ހޯދަޑު ގޮމަތަނަގެ ހޮވިފައި ވަނީ މަގާމަށް ކުރިމަތިލީ އޭނާ އެކަނި ކަމަށް ވުމުންނެވެ.
ނާއިބުރައީސް ކަމަށް: 1. އަންވަރު އިބްރާހިމް ދީދީ، ހޯދަޑު މައިޒާންދޮށުގެ އާއި، 3. އަބްދުﷲ އިބްރާހިމް ދީދީ، ދިގުވާޑު، ހީނާ އާއި 4. މުހައްމަދު އަބްދުއްރަޙުމާނު، ދަޑިމަގު، ދަޑިމަގުގެ އެވެ.
ސެކެރެޓަރީގެ ނާއިބުކަމަށް އާއިޝަތު ނަޝާ މުޙައްމަދު، ނޭޝަމް، ދަޑިމަގު ހޮވިފައި ވަނީ މަގާމަށް ކުރިމަތިލީ އޭނާ އެކަނި ކަމަށް ވުމުންނެވެ.
މީގެ އިތުރުން އިންތިޚާބުކުރަން ޖެހޭ 2 މަގާމު ކަމަށްވާ ސެކެރެޓަރީ އާއި މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީގެ މަގާމަށް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.

އެމްޑީޕީގެ ފުވައްމުލައް ސިޓީ އުތުރުދާއިރާގެ ރައީސް ކަމަށް ހޮވިފައި 2021
ފުވައްމުލަކު މެދު ދާއިރާ:
ރައީސް ކަމަށް: 1. ޒަހުރާ މޫސާ، މިސްކިތްމަގު، ދޯނާޑު އާއި 2. ހުޝާމު މުހައްމަދު މިސްކިތްމަގު މާކޯނި އާއި، 3. އަލީ ތައްޔިބު ޚަލީލު، މާދަޑު، ޔުނިވާސް، 4. އަހުމަދު މުހައްމަދު، ގަސްކުރި އެވެ.
ނާއިބުރައީސް ކަމަށް: މުހައްމަދު އަލީ ދީދީ، މާލެގަން، ތޫނިސް، އާއި 2. އަޙުމަދު ވާފިރު ހަސަން، މާދަޑު، ސަވާނާ އާއި، 3. އަލީ ސައީދު، މާލެގަމް، ޝޭޑީރެސްޓް އެވެ.
ސެކެރެޓަރީގެ ގެމަގާމަށް އާއިޝަތު އަލީ، އިރަސްމިކްގެ، މާލެގަމް ހޮވިފައި ވަނީ މަގާމަށް ކުރިމަތިލީ އެނާ އެކަނި ކަމަށް ވުމުންނެވެ.
މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީގެ މަގާމަށް ހަސަން ރާޢީ އިބްރާހިމް، ޝަރަހަ ހޮވިފައި ވަނީ މަގާމަށް ކުރިމަތިލީ އޭނާ އެކަނި ކަމަށް ވުމުންނެވެ.
މިދާއިރާގައި މީހަކު ކުރިމަތިނުލާ އޮތީ ސެކެރެތޔަރީގެ ނާިއބުގެ މަގާމު އެކަންޏެވެ.

އެމްޑީޕީގެ ފުވައްމުލައް ސިޓީ މެދުދާއިރާގެ ކެންޑިޑޭޓުން 2021
ފުވައްމުލަކު ދެކުނު ދާއިރާ: އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ މިދާއިރާގެ މަގާމުތަކަށެވެ. މިދާއިރާގެ 5 މަގަމަށް 15 މީހުން ކުރިމަތިލާފައި ވެއެވެ.
ރައީސް ކަމަށް: 1. އިލްޔާސް މުހައްމަދު، ދޫނޑިގަން ވައިޓް ސޭންޑް، އާއި 2. މުހައްމަދު އަލީ، ފުނާޑު، ފްލޯރާސް އާއި، 3. ސައުދުﷲ އަހުމަދު ހަސަން ދީދީ، ފުނާޑު، ނުރީފެހި އާއި، 4.މުހައްމަދު މިސްބާޙު، މާލެދަފްތަރު 13568 އެވެ.
ނާއިބުރައީސް ކަމަށް: 1. އަބްދުﷲ މުފީދު، ދޫނޑިގަން ހެޕިނަސް އާއި 2. ސުޖާއު މުހައްމަދު، ދޫނޑިގަން، ނިއުވޭ އާއި 3. އަހުމަދު ސައީދު، އެރީނާ އާއި 4. ޙުސައިން ތައުފީޤް ޢަލީ، ފުނާޑު، ޝަބްނަމްވިލާ އެވެ.
ސެކްރެޓަރީގެ މަގާމަށް 1. އަލީ ވަހީދު، ދޫނޑިގަން، ބިއްކޮށީގެ އާއި 2. އިބްރާހިމް ޝިއާން، ދޫނޑިގަން، ގޯލްޑަން ގޭޓް އެވެ.
ސެކެރެޓަރީގެ ނާއިބުކަމަށް: 2. ފާތިމަތު ސަމާޙާ، ޕާލް، އާއި 3. މުސްލިމާ އިބްރާހިމް، ދޫނޑިގަން ހީރާގެ އެވެ.
މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ ގެމަގާމަށް: 1. އައްވާމު އިބްރާހިމް، ދޫނޑިގަން، ކަޅުފެހިގެ އާއި 2. މުހައްމަދު އަޒްމަތު، ފުނާޑު، ފުނަމާގެ އެވެ.

އެމްޑީޕީގެ ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ ކެންޑިޑޭޓުން 2021
ޚިޔާލުތައް