A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ އެމްޑީޕީ ރައީސް ކަމަށް ނިޒާމު

ފުވައްމުލައް ސިޓީ އެމްޑީޕީގެ އިސްމެމްބަރުން- ގައުމީ މަޖުލީހުގައި ތަމްސީލުކުރާނީ ރައީސުން 2021

އިއްޔެ (ސެޕްޓްމެބަރު 25، 2021) ގައި ބޭއްްވުނު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021އިން ފުވައްމުލައް ސިޓީގެ އެމްޑީޕީ ރައީސް ކަމަށް މުހަމައްދު ނިޒާމު ހޮވިއްޖެއެވެ. މިމަގާމަށް ނިޒާމު އާއި ވަދަކުރީ ކުރީގެ ފުވައްމުލަކު ދާއިރާގެ ރައްޔިތުންގެ މެޖުލިސް މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އާއި ފުނާޑު ހަސަން ވާސިފު ހުސައިން އެވެ.

މިއިންތިާޚބުގައި ފުވައްމުލައް ސިޓީގެ ނާއިބުރައީސް ކަމަށް ހޮވިފައި ވަނީ އަލީ އިއްޒަތު (އިސްސިސް) މިސްކިތްމަގު، އޯކަމް އެވެ. މިމަގާމަށް އިސްސިސް އާއިއެކު 4 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ އަހުމަދު އަބްދުﷲ، ފުނާޑު، ދިލްޝަންގެ، އާއި، މުހައްމަދު ޝުޖާޢު، ދޫނޑިގަން، ހަނީމޫން އާއި މަރިޔަމް މުހައްމަދު ދީދީ (މަންޗޫ)، މިސްކިތްމަގު، އިލޫޝަން އެވެ.

ފުވައްމުލައް ސިޓީ އެމްޑީޕީގެ ދާއިރާތަކުގެ ރައީސްުން އަދި ނާއިބުރައީސުން- ގައުމީ މަޖުލީހަށް ރައީސުން 2021

މިއިންތިާޚބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖުލީހުގެ 3 ދާއިރާއިން ރައީސުންނާއި ނާއިބު ރައީސުން އަދި އިތުރު މަގާމުތަކަށް ވެސް މީހުން އިންތިޚާބުކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގެ އެމްޑީޕީ ރައީސް ކަމަށް:

1 މުޙައްމަދު ނިޡާމް ޙަސަން، މާލެގަން. މުސްކުޅިގެ، (222 ވޯޓް)

2. މުހައްމަދު އިބްރާހިމް ދީދީ (މޮޑީ)، މާދަޑު، ވިދުވަރުގެ (57 ވޯޓް)

4. ހަސަން ވާސިފް ހުސައިން، ފުނާޑު، ފަޅަގަނޑިގެ އެވެ. (9 ވޯޓް)

ނާއިބު ރައީސް ކަމަށް:

1.އަހުމަދު އަބްދުﷲ، ފުނާޑު، ދިލްޝަންގެ، (12 ވޯޓް)

2. އަލީ އިއްޒަތު (އިސިސް)، މިސްކިތްމަގު، އޯކަމް (189 ވޯޓް)

3. މުހައްމަދު ޝުޖާޢު، ދޫނޑިގަން، ހަނީމޫން (79 ވޯޓް)

4. މަރިޔަމް މުހައްމަދު ދީދީ، މިސްކިތްމަގު، އިލޫޝަން (9 ވޯޓް)

ފުވައްމުލަކު އުތުރު ދާއިރާ

މިދާއިރާއިން ރައީސްގެ މަގާމަށް ކުރިމަތީ ލީ އިބްރާހިމް ސައީދު މުހައްމަދު ހޯދަޑު ގޮމަތަނަގެ އެކަނި ކަމަށް ވުމުން، ވޯޓުލުމެއްނެތި އޭނާ ވަނީ މަގާމަށް ހޮވިފައި ހޮވިފައެވެ.

ނާއިބުރައީސް ކަމަށް ކުރިމަތިލި 3 ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރީ އަންވަރު އިބްރާހިމް ދީދީ، ހޯދަޑު މައިޒާންދޮށުގެ (252 ވޯޓް) އެވެ. އެނާއާއި ވާދަކުރީ އަބްދުﷲ އިބްރާހިމް ދީދީ، ދިގުވާޑު، ހީނާ (16 ވޯޓް) އާއި މުހައްމަދު އަބްދުއްރަޙުމާނު ދަޑިމަގު، ދަޑިމަގުގެ (26 ވޯޓް) އެވެ.

ސެކެރެޓަރީގެ ނާއިބުކަމަށް އާއިޝަތު ނަޝާ މުޙައްމަދު، ނޭޝަމް، ދަޑިމަގު ހޮވިފައި ވަނީ މަގާމަށް ކުރިމަތިލީ އޭނާ އެކަނި ކަމަށް ވުމުންނެވެ.

 

ފުވައްމުލަކު މެދު ދާއިރާ

މިދާއިރާގެ ރައީސް ކަމަށް ހޮވިފައިވަނީ ހުޝާމު މުހައްމަދު މިސްކިތްމަގު މާކޯނި (237 ވޯޓް) ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އިތުރު 3 ކެންޑިޑޭޓުންނަކީ އަހުމަދު މުހައްމަދު، ގަސްކުރި (119 ވޯޓް) އާއި އަލީ ތައްޔިބު ޚަލީލު، މާދަޑު، ޔުނިވާސް، (52 ވޯޓް) އާއި ޒަހުރާ މޫސާ، މިސްކިތްމަގު، ދޯނާޑު (35 ވޯޓް) އެވެ.

ނާއިބުރައީސް ކަމަށް އަލީ ސައީދު، މާލެގަމް، ޝޭޑީރެސްޓް (207 ވޯޓް) ހޮވިފައި ވަނީ އިތުރު ދެ ކެންދިޑޭޓުން ކަމަށްވާ މުހައްމަދު އަލީ ދީދީ، މާލެގަން، ތޫނިސް، (92 ވޯޓް) އާއި އަޙުމަދު ވާފިރު ހަސަން، މާދަޑު، ސަވާނާ (123 ވޯޓް) އާއި ވާދަކޮށްގެނެވެ.

މެދު ދާއިރާގައި ވޯޓުލުން ޏ.އޭއީސީ ހޯލުގައި

ސެކެރެޓަރީގެ ގެމަގާމަށް އާއިޝަތު އަލީ، އިރަސްމިކްގެ، މާލެގަމް އާއި މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީގެ މަގާމަށް ހަސަން ރާޢީ އިބްރާހިމް، ޝަރަހަ ހޮވިފައި ވަނީ އެ ދެ މަގާމަށް ކުރިމަތިލީ އެ ދެމީހުން އެކަނި ކަމަށް ވުމުން ވޯޓު ލުމަކާއި ނުލައެވެ.

ފުވައްމުލަކު ދެކުނު ދާއިރާ: 

ފުވައްމުލައް ސިޓީއިން އެއްދާއިރާއަކަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި މިދާއިރާގެ ރައީސް ކަމަށް ހޮވިފައިވަނީ އިލްޔާސް މުހައްމަދު، ދޫނޑިގަން ވައިޓް ސޭންޑްއެވެ. އޭނާ މިމަގާމަށް ހޮވުނީ  އިތުރު 3 ކެންޑިޑޭޓުންނާއި ވާދަކޮށްގެނެވެ. މިދާއިރާގެ ރައީސް ކަމަށް ދެން ވާދަކުރީ މުހައްމަދު އަލީ، ފުނާޑު، ފްލޯރާސް އާއި، ކުރިން ވެސް މިދާއިރާގެ ރައީސް ކަމުގެ މަގާމުގަިއ ހުރި ސައުދުﷲ އަހުމަދު ހަސަން ދީދީ، ފުނާޑު، ނޫރީފެހި ގެ އިތުރުން މުހައްމަދު މިސްބާޙު، މާލެދަފްތަރު 13568 އެ

ނާއިބުރައީސް ކަމަށް ސުޖާއު މުހައްމަދު، ދޫނޑިގަން، ނިއުވޭ ހޮވިފައިވަނީ ވެސް އިތުރު 3 ކެންޑިޑޭޓުންނާއި ވާދަކަށްގެންނެވެ. އެއީ އަބްދުﷲ މުފީދު، ދޫނޑިގަން ހެޕިނަސް އާއި އަހުމަދު ސައީދު، އެރީނާ އާއި ޙުސައިން ތައުފީޤް ޢަލީ، ފުނާޑު، ޝަބްނަމްވިލާ އެވެ.

މިދާއިރާގެ ވަގުތީ ނަތީޖާ އެއްކޮށް ދައްކާގޮތުން މުޅިން ވެސް ހޮވިފައިވަނީ ދޫނޑިގަމު އަވަށް ނިސްބަތްވި ކެންޑިޑޭޓުންނެވެ. މިދާއިރާގައި ހިމެނެނީ ފުނާޑު އަވަށާއި ދޫނޑިގަމު އަވަށެވެ.

މިފަހަރު އެމްޑީޕި އެތެރޭގެ އިންތިޚާބިގެ ބައެއް ކެންޑިޑޭޓުން 2021 ސެޕްޓެމްބަރު

ދާއިރާ ރައީސް:

1. އިލްޔާސް މުހައްމަދު، ދޫނޑިގަން ވައިޓް ސޭންޑް، (281 ވޯޓް)

2. މުހައްމަދު އަލީ(ބެއާ)، ފުނާޑު، ފްލޯރާސް (8 ވޯޓް)

3. ސައުދުﷲ އަހުމަދު ހަސަން ދީދީ، ފުނާޑު، ނޫރީފެހި (205 ވޯޓް)

4. މުހައްމަދު މިސްބާޙު، މާލެދަފްތަރު 13568 (12 ވޯޓް)އެވެ.

ނާއިބުރައީސް ކަމަށް: 

1. އަބްދުﷲ މުފީދު، ދޫނޑިގަން ހެޕިނަސް (154 ވޯޓް)

2. ސުޖާއު މުހައްމަދު، ދޫނޑިގަން، ނިއުވޭ (166 ވޯޓް)

3. އަހުމަދު ސައީދު (ސައްޕޭ)، އެރީނާ (126 ވޯޓް)

4. ޙުސައިން ތައުފީޤް ޢަލީ، ފުނާޑު، ޝަބްނަމްވިލާ (87 ވޯޓް) އެވެ.

ސެކްރެޓަރީގެ މަގާމަށް

1. އަލީ ވަހީދު، ދޫނޑިގަން، ބިއްކޮށީގެ (161 ވޯޓް)

2. އިބްރާހިމް ޝިއާން، ދޫނޑިގަން، ގޯލްޑަން ގޭޓް (307 ވޯޓް) އެވެ.

ސެކެރެޓަރީގެ ނާއިބުކަމަށް:

1. ފާތިމަތު ސަމާޙާ، ޕާލް، (120 ވޯޓް)

2. މުސްލިމާ އިބްރާހިމް، ދޫނޑިގަން ހީރާގެ (257 ވޯޓް) އެވެ.

މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ ގެމަގާމަށް:

1. އައްވާމު އިބްރާހިމް، ދޫނޑިގަން، ކަޅުފެހިގެ (309 ވޯޓް)

2. މުހައްމަދު އަޒްމަތު، ފުނާޑު، ފުނަމާގެ (148 ވޯޓް) އެވެ.

 

މިއިންތިޚާބުގައި ފުވައްމުލައް ސިޓިއިން ޖުމުލަ 35 ކެންޑިޑޭޓަކު އެކި މަގާމުތަކަށް ވާދަކުރިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !