A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކްޕޭޖް ‘ވެރިފައި’ ކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖް ވެރިފައިކޮށްފައި 2021 އޮކްޓޯބަރު 7

ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކްޕޭޖް ‘ވެރިފައި’ ކޮށްފިއެވެ. މިއީ ރާއްޖޭގެ ސިޓީ ކައުންސިލްތަކުގެ ތެރެއިން އެންމެ ފުރަތަ ވެރިފައި ކުރި ކައުންސިލްގެ ފޭސްބުކް ޕޭޖް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގެ އިތުރުން ސިޓީ ކައުންސިލްގެ ވައިބާ ކޮމިއުނީޓީ ވެސް ވަނީ ވެރިފައިކޮށްފައެވެ.

ވެރިފައި ކުރުމުން އެއީ ސައްހަ ޕޭޖެއްކަމާއި އެޕޭޖް ނުވަތަ ޕްރޮފައިލް ހިންގަނީ ކޮން ފަރާތެއްކަން ޔަގީން ކުރެވިފައިވާ ފަރާތެއްކަން ބެލި ފައިވާކަމުގެ ޔަގީންކަން ޕޭޖަށް ޒިޔާރަތް ކުރާފަރާތްތަކަށް ލިބިގެންދެއެވެ. ނުވަތަ ފޭސްބުކްގައި އެއީ ވަކި ޝަޚުސެއްކަން ޔަގީން ކުރެވިފަިއވާ ފަރާތްކެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖް ވެރިފައިކޮށްފައި.

ފޭސްބުކްޕޭޖް ވެރިފައި ވުމުން ޕޭޖުގެ ނަން ނިމޭހިސާބުގައި ނޫކުލައިގެ ވަށް ބޮޅެއްގެ އެތެރޭގައި ހުދު ކުލައިން ރަނގަޅު ފާހަގައެއް ކުރަހާފައި ހުންނާނެއެވެ.

ވައިބާއިން ވެސް ވެރިފައިވުމުން ޕްރޮފައިލް ފޮޓޯގެ ކަނާތްފަރާތު ތިރީކަނުގައި ނޫކުލައިގެ ވަށް ބޮޅެއްގައި ހުދުކުލައިން ރަނގަޅު ފާހަގައެއް ލާފައި ހުންނާނެއެވެ. އަދި ކޮންޓެކްޓް ލިސްޓުން ބަލާއިރު ނަން ނިމޭހިސާބުގައި އެފާހަގަ ހުންނާނެއެވެ.

ޕެޖެއް ވެރިފައިވުމުން އެޕޭޖުން ލިބޭ މައުލޫމާތުގެ އިތުބާރާއި ޔަގީންކަން އިތުރުވެގެން ދެއެވެ. އަދި އެޕޭޖް މެދުވެރިކޮށް ފަރުތާ މައުލޫމާތުތަކުގެ ޒިންމާ ނަގާނެ ފަރާތެއްވެސް ޔަގީން ކުރެވިގެން ދެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖް ވެރިފައިކޮށްފައި 2021 އޮކްޓޯބަރު 7

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !