އައިޑެންޓިޓީ ކާޑު ހެދުމަށް ހުށަހަޅަން އޮންލައިން ޕޯޓަލްއެއް

އައިޑީކާޑު ހެއްދުން އޮންލައިންކޮށް 2023
Share on facebook
Share on twitter
Share on google

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑެންޓިޓީ ކާޑު (އައިޑީ ކާޑު) ހެދުމަށް ހުށަހަޅަށް އޮންލައިން ޕޯޓަލްއެއް ގާއިމުކޮށްފިއެވެ. އައީޑކާޑު ހެދުމަށް ހުށަހަޅަން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ހުޅުވާލާފައިވާ ޕޯޓަލްގެ އެޑްރެހަކީ online.dnr.gov.mv މިއެވެ.

މިޕޯޓަލް އިން އައިޑީ ކާޑު ހެދުމަށް އެދެވޭނީ ފުރަތަމަ ޕޯޓަލްގައި ރަޖިސްޓްރީކޮށް އެކައުންޓް ވެރިފައި ކުރުމަށް ފަހު އެވެ.

ޑީއެންއާރުގެ އައިޑީކާޑަށް އެދޭ ޕޯޓަލް

މިޕޯޓަލް މެދުވެރިކޮށް އަމިއްލަ އައިޑީކާޑު ހަދަން އެދުމުގެ އިތުރުން އެމީހެއްގެ ޑިޕެންޑެންޓުންގެ ނުވަތަ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންގެ އައިޑީ ކާޑު ހައްދަން ވެސް ހުށަހެޅެއެވެ. ކާޑުހައްދަން އެދޭ އިރު ކާޑު ނަގަން ބޭނުންވާ ތަނެއް ޚިޔާރުކުރަން ޖެހެއެވެ. ޕޯޓަލްގެ ތެރެއިން ކާޑު ހަދަން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ވެއެވެ.

ކާޑު ހެދުމަށް ބޭނުންވާ މައުލޫމާތު، އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއް އެއްފަހަރު ހުށަހެޅުމުން ދެން އެއިގެ ފަހުން ހުށަހަޅާކަން ނުޖެހޭނެއެވެ. އަދި އެމީހަކަށް ޕޯޓަލްގެ ތެރެއިން އެލިޔުމެއް ފެންނަން ހުންނާނެއެވެ.

އައިޑީކާޑު ހެދުމަށް ދަންކަންޖެހޭ ފީ

މީގެ އިތުރުން ކާޑު ހެއްދުމުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ވެސް މިޕޯޓަލް އިން ބަލާލެވެން ހުރެއެވެ.

މި ޕޯޓަލްގެ ޚިދުމަތް ފެށުމާއެކު ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއިން އައިޑީ ކާޑު ހެދުމަށް އެދޭ ފޯމު ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ. ވުމާއެކު އައިޑީކާޑު ހެއްދުމުގައި ދެން ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވާން ޖެހޭނީ އެމީހެއްގެ ފިންގާ ޕްރިންޓް ނެގުމާއި، ސޮއިން ކުރުމަށް ޖެހޭ ހާލަތްތަކުގައި އެކަންޏެވެ. ކާޑު އައުކުރާނަމަ އެއީ އުމުރުން 10 އަހަރު ވެގެން ސޮޔާއި ފިންގާ ޕްރިންޓް ނަގަން ޖެހޭ ހާލަތުގައެވެ.

ނަމަވެސް އޮންލައިންކޮށް އައިޑީކާޑު ހެދުމުގައި ދަތިކަމެއް ދިމާވެއްޖެނަމަ ސިޓީ ކައުންސިލް އިދާރާގެ ވައިޓަލް ރަޖިސްޓްރޭޝަން އެންޑް ޓްރާންސްޕޯޓް ސެކްޝަނުން (ފުވައްމުލައް ކަލެކްޓިން ސެންޓަރުން) އެފަރާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވެއެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments