ފުވައްމުލައް ސިޓީއިން ކޮވިޑް-19 ޖެހުނު 2 ވަނަ މީހަކު މިއަދު ނިޔާވެއްޖެ

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 7 އޮކްޓޯބަރު 2021
Share on facebook
Share on twitter
Share on google

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ފުވައްމުލައް ސިޓީ މިޙާކު މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވެފައިވަނީ މިސްކިތްމަގު ހިމެތީގެ އިބްރާހިމް މުހައްމަދު، 97 އަހަރެވެ. އޭނާ ނިޔާވެފައިވަނީ އައްދު ސިޓީ ހިތަދޫގައި ހުންނަ ސަރަހައްދީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު 7:50 ގައެވެ.

މިއީ ފުވައްމުލައް ސިޓިގެ ރަސްމީ ހިސާބުތަކުން ދައކާ ގޮތުގައި އެސިޓިއިން ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން ކޮވިޑް ޖެހިގެން ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރި އެހެން ފިރިހެނަކު ވެސް އެބަލިން ރަނގަޅުވި ފަހުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް އެމީހާގެ އާއިލީ މީހަކު މިކަލް ނޫހަށް ކުރިން މައުލޫމާތު ދީފައި ވެއެވެ.

މިބަލިގައި މުޅި ރާއްޖއިން މިހާތަނަށް 233 މީހަކު ނިޔާވެފައި ވެއެވެ. އައްޑޫސިޓީއިން ިއއްޔެ 14 މިހަކު ޕޮޒިޓިވް ވެފައިވާއިރު އެކްޓިވް ކޭސްގެ އަދަދު ހުރީ 241ގައެވެ. މުޅި ރާއްޖޭގައި އިއްޔެ 70 މީހުން ޕޮޒިޓިވްވި އިރު، ކޮވިޑުން ރަނގަޅު ނުވެ 1،319 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ 15 މިހަކު އެބަތިއްބެވެ.

7 އޮކްޓޯބަރު 2021 އަށް ފުވައްމުލައް ސިޓީގައި ވެކްސިން ޖެހި ނިސްބަތް

ފުވައްމުލައް ސިޓިަގއި ކޮވިޑްގެ ހާލަތު މިވަގުތު އޮތީ އާއްމު ގޮތެއްގައެވެ. ބަލި ޖެހޭ މިހުންގެ ނިސްބަތް މަދެވެ. އިއްޔެ (7 އޮކްޓޯބަރު 2021)  ބަލީގެ ޕޮޒިޓިވް މީހަކު ނެތް އިރު އެއިގެ ކުރީ ދުވަހު ކޮންޓެކްޓުންގެ 2 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 69 މީހުންނެވެ.

ފުވައްމުލައް ސިޓީ ގައި ކޮވިޑް-19ގެ އެއްވެސް ބަންދެއް މިވަގުތު ނެތެވެ. އަދި ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތެރެއިން ހޯމްކަރަންޓީނާ ނުލައި ދަތުރުކުރެވޭ މަދުރަށްތަކުގެ ތެރެގައި ފުވައްމުލައް ސިޓީ ހިމެނެއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments