A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކްގެ ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ބާއްވައިފި

ޓިވެޓް ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަޝްވަރާ ކޮށްފި.

ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކްގެ ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ބާއްވާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މިއަދު މޯލްޑިވްސް ޕޮލިޓެކްނިކް އާއިއެކު ބޭއްވިފައިވާ ބައްދަލުވުމަކީ  ސިޓީ ކައުންސިލާއި ޕޮލިޓެކްނިކް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކްގެ ކޯސްތައް ފުވައްމުލައް ސިޓީގައި ހިންގުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބެއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ޕޮލިޓެކްނިކްގެ ސީއީއޯ އަޙުމަދު ނާސިރު އާއި ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ބައިވެރިވެވަޑައިގެންފައި ވެއެވެ. ސިޓީ ކައުންސލްގެ ފަރާތުން މޭޔަރު އޮންލައިންކޮށް ބައިވެރިވެ ވަޑައިގަތް އިރު ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ކައުނސިލް މެމްބަރުން ކަމަސްވާ އަބްދުﷲ ނާސިރާއި އާއިއިޝަތު އަބްދުލް ގާދިރުގެ އިތުރުން ޑިރެކްޓާ އަލީ މަސީހު ވެސް ބައިވެރިވެވަޑައިގަތެވެ.

ޓިވެޓް ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަޝްވަރާ ކޮށްފި.

ފާއިތުވި 2020 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކުން ސަރޓިފިކެޓް 3 އިން ރެޕްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން ކޯހެއް  20 ބައިވެރިންނާއެކު ކުރިޔަށް ގެންގޮސްފައި ވެއެވެ. އެކޯހަކީ ވެސް ޓިވެޓް އޮތޯރިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅުގެ ކުރިޔަށްގެންދިޔަ ކޯހެކެވެ. އެކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވެފައި ވަނީ މުސްތަޤްބަލުގައި ހުނަރުވެރިން ބިނާކުރުމުގެ އިތުރު ކޯސްތައް ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބިނާކުރުމުގެ ޕްރޮގްރާމުގެ ގޮތުން މަސައްކަތުގެ ހުނަހުރަތައް ދަސްކޮށްދީގެން އާމްދަނީ ލިބޭނެ މަގުފަހި ކުރުމުގެ މަގުސަދުގައި ސަރުކާރުން އަންނަނީ މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.

ޒުވާނުންނަށް މަސައްކަތް ތެރިކަން ދަސްކޯށދިނުމުގެ ގޮތުން ފުވައްމުލައް ސިޓީ ގައި ސްޓޭޓް އޮޮފްދިއާޓް ޓިވެޓް ސެންޓަރެއް ގާއިމުކުރުމަކި މިސަރުކާރުގެ ވައުދެކެވެ. މަސައްކަތްތެރިކަމަށް އަމާޒުކޮށްގެން މިސަރުކާރުން އަންނަނީ ޓިވެޓް ސެންޓާރާއި ޕޮލިޓެކްނިކްތައް ގާއިމުކުރުމުގެ މަސައްކަތ ކުރަމުންނެވެ. އަދި ޖޫނިއާކޮލެޖަކީ ވެސް ސްކޫލް ނިންމާ ދަރިވަރުންނަށް މަސައްކަތާއި އެކަމުގެ އިލްމު އުނަގްނަިއ ދިނުމަށް އަޟާޒުކުރެވިގެން ކުރިޔަށްގެންދެވެ މިމަސައްކަތުގެ ބައެކެވެ.

ގިނަ ދުވަހަށް ފުރިހަމަ ޚިދުމަތުގެި ބެހެއްޓުމަށް އެއަރކޮންޑިޝަން ސާފުކުރައްވާ!

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !