ފުވައްމުލައް ސިޓީގައި ގާއިމުކުރަން ވައުދު ވެފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތާއި ގުޅޭގޮތުން މަޖުލީހުގައި އެމްޕީ ހުސޭން ސުވާލުކޮށްފި

ޓިވެޓް ސެންޓަރުގެ މަސައްކަތާއި ގުޅޭ ގޮތުން މަޖުލީހުގަައި ސުވާލުކޮށްފި
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ގާއިމުކުރަން ސަރުކާރުން ވައުދު ވެފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި އެމްޕީ ހުސޭން މުހައްމަދު ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރީ ނިމުނު ހަފުތާގައެވެ.

އެމްޕީ ހުސޭންގެ ސުވާލު ކުރައްވަމުން ވިދާޅުވީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ބަޖެޓްގައި ފުވައްމުލަކުގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށެވެ. މިހާރު އެމަސައްކަތް ކިހާ ހިސާބަކަށް ހިންގައްޖެތޯއާއި މިކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނީ ކިހާ ހިސާބެއްގައި ތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބުރާހިމް ހަސަން ވިދާޅުވީ އެމްޕީ ހުސޭން އަކީ އެބޭފުޅުންނާއި ވަރަށްގާތުން މަސައްކަތް ކުރާއްވާ ފަރާތެއް ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. ކުރީގެ ސިޓީ ކައުންސިލާއި މިހާރުގެ ސިޓީ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި އެމްޕީ ހުސޭން ވެސް ބައިވެރިވެ ވަޑައިގެން އެކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވިކަމަށް ވިދާޅުވިއެވެ.

ޓިވެތް ފުރުސަތު 2012

މީގެ އިތުރުން ވިދާޅުވީ ޕީޕީޕީ (ޕަބްލިކް ޕްރަވެޓް ޕާޓްނާޝިޕް) ގެ ދަށުން އެކަމަށް ޝައުގުވެރިވާ ބަޔަކުލިބި ފުވައްމުލަކުގެ މަސައްކަތް ކުރުމަަށް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އެމްޕީ ހުސޭން އޭނާގެ ފޭސްބުކްގައި ވިދާޅުވަފައި ވަނީ ފުވައްމުލައް ސިޓިަގއި ޓިވެތް ސެންޓރެއް ހެދުމަކީ ތައުލީމީ ހަބަކަށް ފުވައްމުލައް ސިޓީ ކުރަމުންދާ މަސައްކަތަށް މުހިންމު އިންސްޓިޓިއުޝަނެއް ކަމަށެވެ. “މި އިންސްޓިޓިއުޝަނުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރާއެކު އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން” ކަމަށް ލިޔުއްވާފައި ވެއެވެ.

އެމްޕީ ހުސޭންގެ ސުވާލުގެ ގުޅިފައިވަނީ ހއ.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިނިސްޓާރާއި ކުރެއްވި ހއ.ދިއްދޫގައި ޖޫނިއާ ކޮލެޖް އެޅުމާއި ގުޅޭ ސުވާލާއި ގުޅުން ހުރި ސުވާލެއްގެ ގޮތުގައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ފަހު ކޮޅު އެކަމުގެ ކޮންސެޕްޓް ޕޭޕަރެއް އެކުލަވާލައި 2020 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ކަމާއި ގުޅުން ހުރި ސާވޭއް ކޮށްފައިވާ ކަމަށާއި ކަމާއި ގުޅެ ފަންނީ މާހިރުންގެ ލަފާ ހޯދައި ކޮންސެޕްޓް 2020 ވަނަ އަހަރު މާރިޗު މަހު ރިވައިޒްކޮށްފައި ވާކަމަށެވެ. އަދި 2020 ވަނަ އަހަރު ޑިސެމްބަރު މަހު ވަނީ މިމަސައްކަތް ޕީޕީޕީ ގެ ދަށުން ކުރުމަށް އިކޮނޮމިކް ކައުންސިލުން އެންޑޯޒްކޮށްފައި ކަމަށް ވިދާޅުވިއެވެ.

ޖޫނިއާކޮލެޖް އެޅުމާއި ޓިވެޓް ސެންޓަރުތައް ހެދުމުގެ ޕްރޮޖެތްގެ ޓެކްނިކަލް ފީޒިބިލިޓިއެއް ވެސް ހަދައިނިންމާފައިވާ ކަމަށާއި ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ކުރެހުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ވިދާޅުވިއެވެ. ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރުއެލުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވަނީ ނިމުނު ސެޕްޓެމްބަރު މަހު 30 އަށް ކަމަށާއި މިތަންތަނަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބެރުގައި ވެސް މަަސްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިނސްޓަރު ވިދާޅުވިއެވެ.

ޓިވެޓް ޓްރެކް

މި ޕްރޮޖެކްޓްތަކަށް ޕީޕީޕީގެ ދަށުން އިންވެސްޓަރުން ނުލިބިއްޖެއިޔާ އެހެން މޮޑެލަކަށް ވެސް ދާން ޖެހިދާނެކަމަށް ބަލއިގެން އެގޮތަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުން ދާކަމަސް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަހަރުގެ ފެބްރުއަރީ މަހު 25 ވަނަ ދުވަހު އޮންލައިންކޮށް އަދި ބައެއް މެމްބަރުން ހާޒިރުވެގެން ކުރިޔަށް ގެންދިޔަ މިބައްދަލުވްމުގައި މަޝްވަރާކުރެވުނީ ފުވައްމުލައް ސިޓީގައި ގާއިމުކުރާ ޓިވެޓް ސެންޓަރު ޚާއްސަ ކުރާނެ ދާއިރާއެއް ކަނޑައެޅުމުގެ ގޮތުންނާއި އެކަމަށް ބިިމެއް ނުވަތަ ތަނެއް ހަމަޖެއްސުމުގެ ގޮތުން ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމުކުރުމަށް ސަރުކާރުން ވިސްނާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ކުރިން ވިދާޅުވެފައި ވެއެވެ. އަދި ފުވައްމުލަކުގެ ޓިވެޓް ސެންޓަރު ބިލްޑިން އެންޑް ކޮންސްޓްރަކްޝަން މަސައްކަތާއި ގުޅޭ ދާއިރާތަކަށް ޚާއްސަކުރުމުގެ ވިސްނުން ހުރިކަމަށް އެމްޕީ ރަޝީދު ހާމަކުރެއްވިއެވެ.

މި ސެންޓަރުން ކިޔެވޭގޮތަށް ހަމަޖެހިގެންދާނީ ޚާއްސަވާ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ވޮކޭޝަނލް މާސްޓަރ ޑިގްރީއާއި ހަމަޔަށް ކަމަށް ވެއެވެ.

ޓިވެޓް އެކްރެޑިޓޭޝަން

މިކަމުގެ އެއް ވިސްނުމަކީ ބޭރުގެ އެފަދަ ސެންޓަރަކާއި އެފިލިއޭޓްވެގެން އެމީހުންގެ މީހުނާއި ކޯސްތައް ގެނެސްގެން އެއްބައި ފުވައްމުލަކުގައި އަނެއްބައި ރާއްޖެއިން ބޭރުގައި ފުރިހަމަކުރާ ގޮތަށް ކުރިޔަށް ގެންދިއުން ކަމަށް އެމްޕީ ރަޝީދު ވިދާޅުވިއެވެ. އެއިރުން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ކުދިން އައިސް އެތަނުން މަސައްކަތްތެރިކަން ދަސްކޮށް ފަންނުވެރި ބަޔަކަށްވެގެން ދުނިޔޭގެ އެކި ހިސާބުތަކުން ވަޒީފާތައް ހޯދުމަށް މަގު ފަހިވެގެން ދާނެކަމަށެވެ.

މިސެންޓަރުގައި ކުދިންގެ އެކޮމޮޑޭޝަނާއި އެހެނިހެން ޚިދުމަތްތައް ވެސް ގާއިމުކުރެވިގެން ދާނެކަމަށެވެ. މިހާރުގެ ޗެލެންޖަކީ އެކަށީގެންވާ ރަނގަޅު ބަޔަކު ހޯދުންކަމަށް ވެއެވެ. މި މަޝްވަރާތަކުގައި ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު ތިން ދާއިރާގެ މެމްބަރުން ވެސް ބައިވެރިވވެފައި ވެއެވެ.

1.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments