A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ޓިވެޓް ސެންޓަރުގެ މަސައްކަތް ދެވަނަ ފަހަރާ ބީލަމަށްލުން

މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރިގަިއ ކުރިޔަށްގެންދިޔަ ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރެއް ގާއިމުކުރުމުގެ މަޝްވަރާގެ ތެރެއިން 2021

ފުވައްމުލައް ސިޓީ ގާއިމުކުރުމަށް މިސަރުކާރުން ވައުދުވެފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތް ދެވަނަ ފަހަރާ ބީލަމަށް ލައިފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހެނީ މި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ.

ހަޔާ އެޑިއުކޭޝން މިނިސްޓްރީއިން މީޑިއާއަށް މައުލުމާތު ދީފައިވާ ގޮތުގައި މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްތެރިކަމުގެ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ފުވައްމުލައް ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރެއްގެ މަސައްކަތެވެ.

މިއީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. އެގޮތުން ޕްރޮޖެކްޓް ހިންގާ ފަރާތުން އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ތަން ހިންގާ ގޮތަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ޓިވެޓް ސެންޓަރު ގާއުމުކުރުމުގެ މަޝްރޫއު ޕީޕީޕީ ގެ ދަށުން ކުރުމަށް 2020 ވަނަ އަހަރު ޑިސެމްބަރު މަހު އިކޮނޮމިކް ކައުންސިލުން އެންޑޯޒްކޮށްފައި ވެއެވެ. ފުވައްމުލައް ސިޓީ ޓިވެޓް ސެންޓަރުގައި ވޮކޭޝަނަލް ދާއިރާތަކުގެ ތަފާތު ކޯސްތަކާއި އެންވަޔަރަމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްގެ ކޯސްތަކާއި ހިންގާނެ ކަމަށް ވެސް ހާމަކުރެއެވެ.

ނަމަވެސް މިކަލް ނޫހަށް ކުރިން މައުލޫމާތު ލިބިފައިވަނީ ރާއްޖޭއެކި ސަރަހައްދުތަކުގައި ގާއިމުކުރާ ކޮންމެ ވޮކޭޝަނަލް ސެންޓަރަކީ ވަކި ދާއިރާއަކަށް ޚާއްސަކުރެވިގެން ގާއުިމުކުރެވޭ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީ ޓިވެޓް ސެންޓަރު ބޮޑަށް އަމާޒުކުރުމަށް ވިސްނާފައިވަނީ ކްންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތެރިކަމުގެ ކޯސްތަކަށެވެ.

ފުވައްމުލައް ސިޓީ ޓިވެޓް ސެންޓަރު ގާއިމުކުރުމަށް 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށާއި ޕްރޮޖެކްޓް ހިންގުމަށް އެތަން ދޫކުރާނީ 50 އަހަރަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ޓިވެޓް ސެންޓަރުގެ މަސައްކަތާއި ގުޅޭ ގޮތުން މަޖުލީހުގަައި ސުވާލުކޮށްފި 2021 އޮކްޓޯބަރު 3

އެ ޕްރޮޖެކްޓްގެ ޑިޒައިނަކީ މިނިސްޓްރީން ދޭ އެއްޗެއް ކަމަށާއި ނަމަވެސް، މިނިސްޓްރީގެ ހުއްދައާ އެކު އެޑިޒައިނަށް ބަދަލު ގެނައުމުގެ ފުރުސަތު ޕްރޮޖެކްޓް ހިންގާ ފަރާތަށް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޓިވެޓް ސެންޓަރު ކުރިއަށް ގެންދިއުމަށް އެ ބިމުގައި އިތުރު ވިޔަފާރި ހަރަކާތްތައް ތަރައްގީކުރުމުގެ ފުރުސަތު ވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް އޮންނާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ފުވައްމުލަައް ސިޓީގައި ގާއިމުކުރާ ޓިވެޓް ސެންޓަރުގައި އެކި ދާއިރާތަކުން ޕްރޮގްރާމުތައް ހިންގުމަށް ހާއްސަ މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމާއި އައިސީޓީ ލެބޯޓަރީ ގައިމުކުރާނެ އެވެ. އިދާރީ ހިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމާއި އޮޑިޓޯރިއަމާއި މީޓިން ރޫމާއި ސްޓަޑީ ރޫމާއި އަދި ލައިބްރަރީ ވެސް ގާއިމުކުރާނެ އެވެެ. ދަރިވަރުންނަށް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް އެތަނުގައި ހަމަޖައްސާނެ ކަމަށް ހާމަކުރެއެވެ.

މި ޕްރޮޖެޓްގެ މަސައްކަތާއި މެދު 2021 ވަނަ އަހަރު ފެބްރުއަރީ މަހު 25 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލާއި، ރައްޔިތުންގެ މަޖުލީހުގައި ފުވައްމުލައް ތަމްސީލުކުރައްވާ މެމްބަރުނާއި އެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ޕްރޮޖެޓްގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގޮސް އެ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް، ފުވައްމުލަކު މެދު ދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި މަޖުލީހުގައި އެ ސުވާލު ކޮށްފައެވެ.

އެމްޕީ ހުސޭންގެ ސުވާލު ކުރައްވާފައި ވަނީ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ފުވައްމުލަކުގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އެދުވާހައި ހަމަޔަށް އެމަސައްކަތް ކިހާ ހިސާބަކަށް ހިންގައްޖެތޯއާއި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނީ ކިހާ ހިސާބެއްގައި ތޯއެވެ.

އެއިގެ ޖަވާބުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެފައި ވަނީ ޕީޕީޕީ (ޕަބްލިކް ޕްރަވެޓް ޕާޓްނާޝިޕް) ގެ ދަށުން އެކަމަށް ޝައުގުވެރިވާ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ޓިވެޓް ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަޝްވަރާ ކޮށްފި. 2021 އޮކްޓޯބަރު 10

އެއިގެ ފަހުން އެމްޕީ ހުސޭން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައި ވަނީ ފުވައްމުލައް ސިޓީގައި ޓިވެޓް ސެންޓަރެއް ހެދުމަކީ ތައުލީމީ ހަބަކަށް ފުވައްމުލައް ސިޓީ ކުރަމުންދާ މަސައްކަތަށް މުހިންމު އިންސްޓިޓިއުޝަނެއް ކަމަށެވެ. “މި އިންސްޓިޓިއުޝަނުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރާއެކު އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން” ކަމަށެވެ.

މިމަޝްރޫއަށް ފުރަތމަ ހުޅުވާލި ބިޑްގެ މުއްދަތު ހަމަވެފައިވަނީ 2021 ވަނަ އހަރުގެ ސެޕްޓެމްބަރު މަހުގެ 30ގައެވެ. އެފަހަރު ހަޔާއެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެފައި ވަނީ ޓިވެޓް ސެންޓަރުތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބެރުގައި ވެސް ކުރެވިފައިވާ ކަމަށެވެ. އަދި އިންވެސްޓަރުން ނުލިބިއްޖެއިޔާ އެހެން މޮޑެލަކަށް ވެސް ދާން ޖެހިދާނެ ކަމަށް ބަލައިގެން އެގޮތަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުން ދާކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައި ވެއެވެ.

ވުމާއެކު ބެލެވެނީ އަލުން އިއުލާން ކުރީ ކުރީގެ ބިޑަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ސެންޓަރުތަށް އަމއިްލަ ޚަރަދުގައި  އަޅައި އަދި ތަނަށް ބޭނުންވާ އެންމެހާ ތަކެއްޗެއް އަމިއްލަ ޚަރަދުގައި ހޯދައިގެން އެކަން ކުރާނެ ބަޔަކު ލިބުން ދުރެވެ. ނަމަވެސް ދައުލަތުން އިމާރާތް ކުރުމުން އެތަނުގައި އަމިއްލަ ތަކެތިގައި ވޮކޭޝަނަލް ކޯސް ހިންގާއިދޭނެ ބޭރުގެ ފަރާތްތައް ވެސް ލިބުން ގާތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !