ފުވައްމުލައް ޑިވެލޮޕްމަންޓް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ސިޓީކައުންސިލުން މިއަދު ފަށައިފިއެވެ. ސިޓީގެ ޑިވެލޮޕްމެންޓް ޕްލޭނަށް މަޝްވަރާކުރުމަށް މިއަދު ކުރުނދުމާ މާލަމުގައި ކުރިޔަށްގެންދިޔަ ވޯކްޝޮޕްގައި ސިޓީ ކައުންސިލް މެމްބަރުންނާއި މޭޔަރުގެ އިތުރުން އެލްޖީއޭގެ ޓީމަކުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިވޯކްޝޮޕް ކުރިޔަށްގެންދިޔައީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފެސިލިޓޭޓް ކޮށްދީގެންވެ. އެގޮތުން ކޮންސަލްޓެންޓެގެ ގޮތުގައިސަލްމާ ފިކުރީ ވަޑައިގެން ސިޓީ ކައުންސިލަށް ޓެކްނިކަލް އެހީތެރިކަން ދީފައިވާ ކަމަށް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވިއެވެ. މިބައްދަލުވމުގައި ބައިވެރިވެ ވަޑައިގަތް އެލްޖީއޭގެ ޓީމުގައި ތްރެއިންިން ހެޑް އާއި ސީއީއޯ އަދި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ.
މި ވޯކްޝޮޕަކީ މިހާރު އެކުލަވާލައިފައިވާ ޕްލޭނަށް އެކި ދާއިރާތަކުގެ މަސައްކަތް ކުރައްވާ ފާރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިޔަށްގެންދިޔަ ވޯކްޝޮޕެކެވެ. މިއަދުގެ މަޝްވަރާގައި ރަށުގައި ތިބި އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ ޚިޔާލުތައް ހުށަހަޅާފައި ވެއެވެ.
މިއަދު ގެ ބައްދަލުވުން އޮތީ އިޖުތިމާއީ ކަންކަމާއި ގުޅޭ ދާއިރާތަކުގެ ވޯކްޝޮޕެވެ. އެގޮތުން ތައުލީމީ ދާއިރާ، ސިއްޙީ ދާއިރާ، ޕޮލިސް އާއި ކުޅިވަރުގެ ދާއިރާއިން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ބައިވެރިވެފައި ވެއެވެ.
މިއަދު ކުރިޔަސްދިޔައީ ތަރައްގީގެ ޕްލޭން ފައިނަލް ކުރުމުގެ ފަހު މަރުހަލާގެ ފެށުންކަމަށް ވެއެވެ. އަދި އިތުރު ފަރާތްތަކާއި ރައްޔިތުންނާއެކު މިބުރުގެ ބައްދަލުވުންތައް ކުރިޔަށްގެންދެވެނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން ހެދުމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ކްލަބްހައުސް މެދުވެރިކޮށް ގިނަބަޔަކާއި އެކު މަޝްވާރާކޮށްފައެވެ. އަދި އެބައްދަލުވުންތަކުން ލިބުނު މައުލޫމާތު ދިރާސާކޮށް އާއްމުގެ ފަރާތުން ހުށަހެޅިފައިވާ ކަންތަތައްކަށް ފަންނީ ލަފާ އެލްޖީއޭއިން ވެސް ހޯދާފާވާކަމަށް މައުލޫމާތު ލިބެއެވެ.
ޚިޔާލުތައް