A wide advertisement which will be shown on all devices. (700 x 100)

މި އަހަރު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުން ފުވައްމުލައް ސިޓީގައި

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބާގައި ފުވައްމުލައް ސީޓގައި ފާހަގަ ކުރުން - 2021

މި އަހަރު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގައެވެ. ދުނިޔާގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮން އަހަރެއްގެ ވެސް ނޮވެމްބަރު 14 ވަނަ ދުވަހެވެ. މިއަހަރު ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ ‘ހަކުރުބަލީގެ ފަރުވާގެ ފަހިކަން އެންމެނަށް’ އެވެ.

މިދުވަސް ގައުމީ ފެންވަރު ފާހަގަކުރުމައި ގުޅިގެން މި ނޮވެމްބަރު މަހު 13، އަދި 14 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ތަފާތު 9 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މިހަރަކާތްތަކުގައި އާއްމުން ބައިވެރިވުމަށް ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ ކައުންސިލުން އެދިވަޑައިގަންނަވާ ކަމަށް ހާމަކުރައްވައެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބާގައި ފުވައްމުލައް ސީޓގައި ފާހަގަ ކުރުން – 2021

މި ހަރަކާތްތަކުގެ ތެރެއިން ވެސް ‘ޑީއެމް ކޭމްޕް’ ނަމުގައި ބާއްވާ ދުވަހާއި ގުޅޭ މެޑިކަލް ކޭމްޕު ފާހަގަ ކޮށްލެވެއެވެ. ދެ ދުވަހު 3 ސެޝަނަކަށް ބާއްވާ މިކޭމްޕްގެ ބައިވެރިންނަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ވަގުތުން ލިބިގެންދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ސްޕެޝަލިސްޓް ދެ ޑޮކްޓަރުން މިޓީމުގައި ހިމެނެއެވެ. އެއީ އެތެރެހަށީގެ ޚާއްސަ ޑރޮކްޓަރު ޑރ. މުހައްމަދު މުތުއިމް އާއި އިންޑޯކްރިނޮލޮޖީގެ ސަބް-ސްޕެޝަލިސްޓް ޑރ. މުހައްމަދު ސިރުހާން އެވެ.

މި ދެ ސްޕެޝަލިސްޓްގެ އިތުރުން ރާއްޖޭގެ މަޝްހޫރު، ސީނއާ ޑޮކްޓަރުން ކަމަށްވާ ޑރ. އަލީ އަބްދުﷲ ލަތީފު އާއި ޑރ. އަލީ ނަޒީމް ގެ އިތުރުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު ހިމެނި ވަޑައިގަންނަވައެވެ. މިމެޑިކަލް ކޭމްޕަށް ވަޑައިގެން އެއްވެސް ފީއަކާއި ނުލައި މިޑޮކްޓަރުންގެ ކޮންސަލްޓޭޝަން ހޯއްދެވުމަށް މިއީ ރަނުގެ ފުރުސަތެކެވެ. މި ޑޮކްޓަރުންނަށް ދެއްކުމަށް އައިޖީއެމްއެޗްގައި ދިގު ކިއުއެއްގައި ދުވަސްތަކަކަށް އިންތިޒާރުނުކޮށް މިކޭމްޕުން ފަސޭހަކަމާއެކު ފުރުސަތު ލިބިގެންދާނެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބާގައި ފުވައްމުލައް ސީޓގައި ފާހަގަ ކުރުން – 2021

 

ހަކުރު ބަލީގެ ދުވަހުގެ ހަރަކާތްތައް – ފުވައްމުލައް ސިޓީ 2021

6:30-7:30 ބީޗް އެކްސަސައިޒް – ފުވައްމުލަކު ތުނޑީގައި-13 ނޮވެމްބަރު

9:00-13:00 ޑީއެމް ކޭމްޕް – ޔޫތު ސެންޓަރު ހޯލުގައި-13 ނޮވެމްބަރު

14:00-16:00 ދުބަހުގެ ސިމްޕޯސިއަމް – ކުރުންދުމާ މާލަމުގައި-13 ނޮވެމްބަރު

20:00-21:30 ޕަބްލިކް އެވެއާނެސް ސެޝަން – އެމްޖޭއެސް ހޯލުގައި-13 ނޮވެމްބަރު

8:00-9:00 ސްކޫލް އެވެއާނެސް ޕްރޮގްރާމް – ހުރިހާ ސްކޫލެއްގައި-14 ނޮވެމްބަރު

9:00-12:30 ޑީއެމް ކޭމްޕް – ޔޫތު ސެންޓަރު ހޯލުގައި -14 ނޮވެމްބަރު

12:30-13:00 ޓެލެމެޑިސިން އިފުތިތާޙު ކުރުން – ފުވައްމުލަކު ހޮސްޕިޓަލުގައި -14 ނޮވެމްބަރު

14:00-16:00 ޑީއެމް ކޭމްޕް – ޔޫތު ސެންޓަރު ހޯލުގައި -14 ނޮވެމްބަރު

9:00-13:00 އެވެއާނެސް ރަން – ފުވައްމުލައް ސްޓޭޑިއަމްގައި -14 ނޮވެމްބަރު

20:30-21:30 ހަކުރު ބަލީގެ ދުވަހުގެ ޚާއްސަ ޖަލްސާ – ހާފިޒް އަހުމަދު ސްކޫލް ހޯލުގައި -14 ނޮވެމްބަރު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !