ޤައުމީ ފެންވަރުގައި “ދުނިޔޭގެ ހަކުރުބަލީގެ ދުވަސް” ފާހަގަކުރުމަށް މި އަހަރު ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ “ޑީ.އެމް ކޭމްޕް” މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެއެވެ.
މި ހަރާކާތް ކުރަށް ގެންދަނީ ފުވައްމުލައް ސިޓީ ޔޫތު ސެންޓަރު ހޯލުގައެވެ. މިއަދު ހެނދުނު 9:00 އިން 13:00 އަށް އަދި މާދާމާ މެންދުރު 14:00 އިން 16:00 މިކޭމްޕް ކުރިޔަށްގެދާނެއެވެ. މިއަދުވެސް ގިނަބަޔަކު މިކޭމްޕަށް ޒިޔާރަތްކޮށްފައި ވެއެވެ.
މިކޭމްޕްގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދެއެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޮންސަލްޓޭޝަނާއި ތަފާތު ޓެސްޓްތައް ހެދުން ހިމެނެއެވެ. އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ތިމާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ކަމާއި ގުޅޭ ޚާއްސަ ޑޮކްޓަރުންގެ ގާތުން ބަލާލުމަށްމި އޮތް ފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށް ވެސް މުހިންމުވާނެއެވެ.
މިކޭމްޕްގައި ހަކުރުބައްޔަށް މީހުން ސްކްރީނުކުރުން ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ބޮޑީމާސް އިންޑެކްސް (ބީއެމްއައި) ހިސާބުކުރުމާއި، ބްލަޑް ޕްރެޝަ ބަލައިދިނުމާއި، ޖީއާރުބީއެސް ބަލއިދިނުމާއި، ފަންދަސްފޮޓޯގްރަފީ އާއި މާބަނޑު މީހުންނާިއ ގުޅޭ ހަކުރުބަލީގެ މައުލޫމާތު ދިނުމާއި، ސްޕެޝަލިސްޓް ޑްކްޓަރުންގެ ކޮންސަލްޓޭޝަން ދިނުންވެސް ހިނެފައިވެއެވެ.
މި ކޭމްޕގައި ބައިވެރިންނަށް ކޮންސަލްޓޭޝަން ދިނުމަށް އައިސް ތިބީ މުޅި ރާއްޖެއިން ވެސް ހޮވާލެވޭ އެންމެ ސީނިއާ ޑޮކްޓަރުންގެ ޓީމެކެވެ. އެގޮތުން، ސްޕެޝަލިސްޓު ޑޮކްޓަރުން ކަމަށްވާ ޑރ. އަލީ އަބްދުﷲ ލަތީފު އާއި ޑރ. އަލީ ނަޒީމް ގެ އިތުރުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު ޑރ. އިބްރާހިމް ފައިސަލް، ޑރ. މުހައްމަދު ފައިޝަމް އާއި ޑރ. ފާތިމަތު ނާދިއާ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ފުވައމްުލައް ސިޓީއަށް ނިސްބަތްވާ އެތެރެހަށީގެ ޚާއްސަ ޑރޮކްޓަރު ޑރ. މުހައްމަދު މުތުއިމް އާއި އިންޑޯކްރިނޮލޮޖީގެ ސަބް-ސްޕެޝަލިސްޓް ޑރ. މުހައްމަދު ސިރުހާން ހިމެނި ވަޑައިގަންނަވައެވެ.
މި މެޑިކަލް ކޭމްޕަށް ވަޑައިގެން އެއްވެސް ފީއަކާއި ނުލައި މިޑޮކްޓަރުންގެ ކޮންސަލްޓޭޝަން ހޯއްދެވުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
ޚިޔާލުތައް