A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް: ހަކުރުބަލީގެ މައުލޫމާތު އާއްމުންނަށް ދިނުން މިރޭ އެމްޖޭއެސް ހޯލުގައި

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ހޭލުންތެރިކަުމުގެ މައުލުމާތު ސ 2021

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހަކުރުބަލީގެ މައުލޫމާތު އާއްމުންނަށް ދިނުން މިރޭ އެމްޖޭއެސް ހޯލުގައި ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ (13 ނޮވެމްބަރު 2021) ގެ ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20:00-21:30 އަށެވެ.

މިސެޝަނުގައި އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަނުގައި ރާއްޖޭގެ ސީނިއާ ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއަދު ކުރުނދުމާ މާލަމުގައި ބޭއްވި ފަންނީ މާހިރުންގެ ސިމްޕޯސިއަމް 2021

ހަކުރުބައްޔާކީ މުޅި ދުނިޔެ ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ގައިގަޔަށް ނާރާ ބައްޔެވެ. ދުނިޔޭގައި މިހާރު 420 މިލިޔަން މީހުން ހަކުރުބަލީގައި އެބަތިބި ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާކުރެއެވެ. އަދި ވެސް ދުނިޔޭގަިއ މިބަލީގެ މީހުން އަންނަނީ ހަލުއިކަމާއެކު އިތުރުވަމުންކަމަށް ޑަބްލިޔުއެޗްއޯގެ މިއަހަރުގެ ރިޕޯޓުގައި ވެއެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައި ހަކުރުބަލީގެ މީހުން 4 ގުނަ އިތުރުވެފައިވާ ކަމަށް ހަމަކުރެއެވެ. މި ދިހައަހަރު ނިމޭއިރު ބައި ބިލިއަން މީހުން ހަކުރުބަލީގައި ތިބޭނެ ކަމަށް އަންދާޒާ ލުރެއެވެ.

ޑަބްލިޔުއެޗްއޯގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިބަލީގެ ގިނަބަޔަކަށް އިންސިއުލިންގެ އަގުބޮޑުވުމުން ނުލިބި ތިބޭކަމެވެ.

ހަކުރުބަލީގެ ޓައިޕް 2

ހަކުރުބަލި ޖެހުމުން އެކަމުގައި ފަރުވާއަކީ އިންސިއުލިން ބޭނުންކުރަމުން ދިއުމެވެ. އިންސިއުލިން އަކީ ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯކުރާ ހޯމޯން އެކެވެ. އިންސިއުލިންގެ ފަރުވާ މީގެ 100 އަހަރު ކުރިން އެންމެ ފުރަތަމަ އީޖާދުކުރީ ކެނެޑާގެ ދެ ސައިންސް ވެރިއެކެވެ. އެއީ ފްރެދްރިކް ބޭންޓިން އާއި ޖޯން މެކްލޯޑް އެވެ. އެއިގެ ކުރިން ހަކުރުބައްޔަކީ މިހާރުގެ ކެންސަރު ބަލި ފަދައިން ބޭހެއް ފަރުވާއެއް ނެތި މަރަށް ހުށަހެޅިގެންދާ ބައްޔެކެވެ. އެމީހުންގެ ހޯދުމުގެ ސަބަބުން އުފެއްދުމުގެ ހަކުރުބައްޔަށް ޓެސްޓް ކުރާގޮތާއި ފަރުވާކުރާ ގޮތް މުޅިން ބަދަލުވެގެން ދިޔައެވެ. އަދި އެމީހުން ދިރާސާގެ ހޯދުން ވިއްކާލީ އެންމެ ކެނެޑާ ޑޮލަރަކަށެވެ.

އިންސިއުލިން ހަށިގަނޑުގައި ހަކުރު ކޮންޓްރޮލް ކުރާ ގޮތް

ނަމަވެސް މިއަދު އިންސިއުލިން އަކީ ދުނިޔޭގައި ބޭންނުން ބޮޑު ފަރުވާއަކަށް މިވަނީ ވެފައެވެ. މިވެކްސިން އުފައްދަނީ ބޮޑު 3 ކުންފުންޏަކުންނެވެ. އެއީ ‘އެލީ ލިލީ’ އާއި ‘ނޯވޯ ނޯޑިސްކް’ އާއި ‘ސެނޮފީ’ އެވެ. މިގަރުނު ފެށުނު ހިސާބުން އިންސުލިން އުފައްދާ ގޮތް ވަނީ ސިންތެޓިކް ގޮތަށް ބަދަލުވެފައެވެ. އެއާއެކު އިންސުލިންގެ އަގު ވެސް ބޮޑުވެގެން ގޮސްފައި ވެއެވެ. އެއިގެ ކުރިން އިންސުލިން އުފައްދަމުން އައީ އިންސާނުންގެ އިންސުލިން ބޭނުންކޮށްގެންނެވެ. އިންސާނުންގެ އިންސުލިން ބޭނުންކޮށްގެން އުފައްދާ އިންސުލިންގެ އަގު މާބޮޑުތަން ވެސް ހެޔޮކަމަށްވެއެވެ. އަދި ހިންސާނުގެ އިންސިއުލުން އިންވެސް ސިންތެޓިކް އިންސިއުލިން އާއި އެއްވަރަކަށް މަސައްކަތް ކުރާކަން ވަނީ ސާބިތުކުރެވިފއެވެ.

ހަކުރުބަލިގެ ފަރުވާއަކި އިންސިއުލިން

 

ޑަބްލިޔުއެޗްއޯން މަސައްކަތް ކުރަމުން އަންނަނީ އިތުރު ފަރާތްތަކަށް އިންސުލިން ތައްޔާރުކުރުމުގެ ފުރުސަތު ދިނުމަށާއި އިންސިއުލިންގެ އަގު ހެޔޮކުރުމަށް އެކުންފުނިތަކާއެކު ވާހަކަ ދައްކަމުންނެވެ. އަދި އިތުރު ފަރާތަކަށް އިންސިއުލިން އުފައްދަން ފުރުސަތު ދޭން މިހާރު އެއްބަސް ވެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !