މާލެ ސިޓީ ކައުންސިލަށް ފުވައްމުލައް ސިޓީއިން އަނބުގަސް ހޯދަނީ

މިއަދު ބޭއްވުނު މާލެސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ބައްދަލވުން 18 ނޮވެމްބަރު 2021
Share on facebook
Share on twitter
Share on google

މާލޭ ސިޓީގެ ކައުންސިލުން ފުވައްމުލައް ސިޓީ ކައުންސިލާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއީ މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން އެކައުންސިލްގެ ބައެއް މެމެބަރުން ފުވައްމުލައް ސިޓީއަށް ދަތުރު ކުރައްވައިގެން ބޭއްވި ބައްދަލުވުމެއް ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

މިއަދު ބޭއްވުނު މާލެސިޓީ ކައުނސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ބައްދަލވުން 18 ނޮވެމްބަރު 2021

އެގޮތުން މިދަތުރުގައި މާލޭ ސިޓީ ކައުންސިލުން އިސްބޭފުޅެއްގެ ގޮތުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއިއެކު ބައެއް އިތުރު ކައުންސުން މެމްބަރުން ވަޑައިގެންފައި ވެއެވެ. ދެ ކައުންސިލްގެ ރަސްމީ ބައްދަލު ކުރެއްވުން މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާކުރާ ކޮޓަރީގައި ބާއްވާފައި ވެއެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ބައެއް ކައުންސިލް މެމްބަރުންނާއި ސެކެޓްރީ ޖެނެރަލް އާއި ސިޓީ ކައުންސިލް ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް ސެޕްގައި ހިމެނޭ މާލެ ފެހިކުރުމުގެ ގޮތުން “އެއްލައްކަ ގަސް ޕްރޮގްރާމް”އަށް ބޭނުންވާ ގަސް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އެހީތެރިކަން ހޯއްދެވުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މާލޭސިޓީ ކައުންސިލުން ބޭއްނުވީ ފުވައްމުލައް ސިޓީ އިން އަނބުގަސް ހޯދުމަށް އެހީތެރިވުމަށް ފޯކަލް ޕޮއިންޓެއް ހަމަޖެއްސެމުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ގަސް ހޯދައިދޭ ގޮތަށް މަޝްވަރާ ކުރެވިފައި ނުވާކަމަށް ވެއެވެ.

މިިއަދުގެ ބައްދަލުވުމުަގއި ޑ.މޭޔާ ނަރީޝް (ވ.)

ފުވައްމުލައް ސިޓީގައި ގިނަ އަދަދަކަށް އަނބުގަސްތައް ހުރެއެވެ. ބައެއް ގަސްތަކަކީ އެއިގެ ބޭނުން ނުހިފޭ ކަނޑާލާ ނުވަތަ އުފުރާލަން ޖެހިފައިވާ ގަސްތަކެކެވެ. ވުމާއެކު ފުވައްމުލައް ސިޓީއިން އަނބުގަސް ލިބުމަކީ ދަތިކަމަކަށް ނުވާނެއެވެ.

ރާއްޖެއިން ބޭރުން މާލޭ ސިޓީއަށް ގަސް ގެންނައިރު އެއިގެ ތެރެއިން ފުވައްމުލައް ސިޓީއިން ބޭނުންނަމަ ގަސް ދިނުމަށް ވެސް މި އަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެިވިފައި ވެއެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައެއް ނުވެއެވެ.

މިިއަދުގެ ބައްދަލުވުމަށްފަހު ޑ.މޭޔާ ނަރީޝް އަށް ހަނދާނީ ފިލާ ހަދިޔާ ކުރައްވަނީ

 

 

 

 

ސިޔާސީ ގޮތުން މާލެ ސިޓީ ކައުސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމް ޕީއެންސި ކޯލިޝަނުގައެވެ. ނަމަވެސް ފުވައްމުމައް ސިޓީ މެޖޯރިޓީ އޮތީ ވެރިކަން ކުރާ އެމްޑީޕީ އަތުގައެވެ. މިއަދުގެ ބައްދަވުމުގައި ފުވައްމުލައް ސިޓީ ކައުންސިގައި ހިމެނޭ ޕީޕިއެމް ދެ މެމްބަރުން ކަމަށްވާ އާއިޝަތު އަބްދުލް ގާދިރާއި މުހައްމަދު އިސްމާއީލް ބަިއވެރިވެ ވަދަގަތެވެ.

 

3.5/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments