އެއްލަކަ ގަސް ހޯދުމުގެ ނަމުގައި، ފުވައްމުލަކަށް ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި އަވަދިނެތި!

Share on facebook
Share on twitter
Share on google

މާލޭ ސިޓީ ކައުންސިލް މެމްބަރުންތަކެއް “1 ލައްކަ ގަސް ޕްރޮގުރާމް” އަށް ބޭނުންވާ ގަސް ހޯދުމުގެ ނަމުގައި ފުވައްމުލަކަށް ރަސްމީ ދަތުރެއް ކުރައްވައި، އެ ދުތުރުގައި ސިޔާސީ ހަރަކާތްތައް ހިންގަމުންދަތީ ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ސެޕްގައި ހިމެނޭ “އެއްލައްކަ ގަސް ޕްރޮގްރާމް”އަށް ބޭނުންވާ ގަސް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އެހީތެރިކަން ހޯއްދެވުމަށް 18 ނޮވެމްބަރުގައި ފުވައްމުލައް ސިޓީ ކައުންސިލް އާއިއެކު ބައްދަލުވުމެއް ބޭއްވިއެވެ.

މި ބައްދުލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލަށް ޓެކްނިކަލް އެހީތެރިކަމާއި އެއްބާރުލުން ހިއްސާ ކުރެވިދާނެ ދާއިރާތަކާއި މެދު، މޭޔަރު އިސްމާޢިލް ރަފީޤު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

އެހެން ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލް އާއި އެކު ބޭއްވި މި ރަސްމީ ބައްދަލުވުމަށް ފަހު، ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ރަސްމީ ބޭނުމަކަށް ފުވައްމުލަކަށް ވަޑައިގެންނެވި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން، ރަސްމީ ދަތުރުގެ އެޖެންޑާގައި ނެތް ސިޔާސީ ހަރަކާތްތަކެއް، ފުވައްމުލަކުގައި ހިންގަމުންދިޔަ މަންޒަރެވެ. މި އަމަލު ބައެއް ފަރާތްތަކުން ސިފަކޮށްފައިވަނީ ކަރޮޕްޝަނުގެ އަމަލެއްގެ ގޮތުގައިއެވެެ.

މިިއަދުގެ ބައްދަލުވުމަށްފަހު ޑ.މޭޔާ ނަރީޝް އަށް ހަނދާނީ ފިލާ ހަދިޔާ ކުރައްވަނީ

 

މިކަމާއި ގުޅިގެން، ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރ އަބްދުﷲ ނާސިރު ވިދާޅުވެފައިވަނީ ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ އިސްވެއޮވެ ފުވައްމުލަކު ސިޓީގައި ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް، މާލޭ ސިޓީ ކައުންސިލްއިން މިދަނޑިވަޅާ ދިމާކޮށް ރައްޔިތުންގެ ލާރި ޚަރަދުކޮށްގެން ރަސްމީ ދަތުރެއްގެ ނަމުގައި މިސިޓީއަށް ވަޑައިގެން ހިންގާ ހަރަކާތްތަކަކީ މިސިޓީގައި އޮތް ސިޔާސީ ހަމަޖެހުން ނަގާލާ ރައްޔިރުންގެ މެދުގައި އޮތް އެކުވެރިކަމާ އެއްބައިވަންތަކަން، ދެކޮޅުވެރިކަމާ ނަފްރަތައް ބަދަލުކުރުމަށްޓަކައި، ހިންގާ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވިގޮތުގައި، މިމުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް ކުރެވޭ މިބާވަތުގެ އެންމެހައި ކަންކަމާއި، އެކުވެރި ޤައުމުތަކުގެ ކުރިމަތީގައި މިސިޓީއާއި ރައްޔިތުންގެ ޢިއްޒަތާއި ގަދަރަށް އުނިކަން ލިބޭނެ މިބާވަތުގެ އެންމެހައި ކަންކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާހާލު، ރައްޔިތުންނަށް އޮޅުން އަރާގޮތައް ހިންގާ މިފަދަ އެންމެހައި ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާކަމަށެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. “ފުވައްމުލަކުން ގަސް ހޯދުމުގެ ނަމުގައި މާލޭ ސިޓީ ކައުންސިލް އިން، ކައުންސިލް ގެ ހަރަދުގައި ފުވައްމުލަކަށް ދިޔައީ ޕީޕީއެމްގެ އިވެންޓްތަށް ޖައްސަން” އެމްޑިޕީގެ ފުވައްމުލައް ސިޓީގެ ނައިބް ރައިސް އަލީ އިއްޒަތު ވިދާޅުވިއެވެ.

އެއްލައްކަ ގަސް ހޯދުމުގެ ޕްރޮގްރާމްގެ ނަމުގައި ފުވައްމުލަކައް އަރައިގެން ފުވައްމުލައް ހަލަ ބޮލި ކޮއްލަން އުޅޭ ފަރާތްތަށް މިހާރުން މިހާރައް ފުވައްމުލަކުން ފުރުވާލުމަށް، ބައެއް ބޭފުޅުންވަނީ، ވަނީ ގޮވާލާފައެވެ. އަދި މިކަމަކީ ކަރޮޕްޝަން އަށް މަގުފަހިވާ ކަމަކަށް ބެލެވޭތީ މިކަމުގައި، ފުވައްމުލައް ސިޓީ ކައުންސިލުގެ އެއްވެސް މީހެއްގެ ދައުރެއް އޮއްނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ވެސް، ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ގަސް ހޯދުމުގެ ނަމުގައި، ރަސްމީ ދަތުރެއްގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އާއި ކައުންސިލް މެމްބަރުން ކަމުގައިވާ، އަޙުމަދު އައިފާން، އަބްދުﷲ ނާސިރު، އިބްރާހިމް އަބޫބަކުރު އިތުރުން، ސިނީއަރ ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޝަރީފާއި، މެނޭޖްމެންޓް ކޮންސަލްޓެންޓް، ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

3.2/5.0 Article rating
6 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments
Anonymous
Anonymous
10 days ago

Thiya dhiyaiee foamulaku filuvaalan. Namuga anbugas. Ekam A…. kudhinnaa mallava koffa dhanvaru …… magumathy hingaa falhu thanthanan vadhe. Mee ulhey gothaky. Ehennu vaany yaaminuge boy vagun vviyyaa

Anonymous
Anonymous
10 days ago

Thiyaiee thaneh falhan gos ulhey v…….