ބަންގްލަދޭޝް ހައިކޮމިޝަނަ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ބަންގްލާދޭޝްގެ ހައިކޮމިޝަނަރު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުވުން 2021
Share on facebook
Share on twitter
Share on google

ބަންގަލާދޭޝްގެ ހައިކޮމިޝަނާރު ރީއާ އެޑްމިރަލް މުޙައްމަދު ނަޒްމުލް ހަސަން ފުވައްމުލައް ސިޓީ ކައުނސިޅާއި ރޭ ބައްދަލުކުރައްވައިފިއެވެ.

ބަންގްލާދޭޝް ހައިކޮމިޝަނަރުގެ މިދަތުރުފުޅާކީ ބަންގްލާދޭޝް އާއި ފުވައްމުލައް ސިޓީއާއި ދެމެދުގެ ގުޅުން ބަދަހިކުރުމަށާއި އެހީތެރިަކން ވެދެވެން އޮތް ދާއިރާތަކުން އެހީތެރިވުމުގެ ގޮތުންނާއި ފުވައްމުލައް ސިޓީގައި ދިރިއުޅެ ބަންގްލާދޭޝް މީހުންނާއި ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލާދޭޝްގެ ހައިކޮމިޝަނަރު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުވުން 2021

ރޭ (19 ނޮވެމްބަރު 2021ގައި) ފުވައްމުލައް ސިޓީ ކައުނސިލް އިދާރާގަިއ ބޭއްވި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލު ރަފިގާއި ސިޓީކައުންސިލަރުނާއި އިދާރާގެ އިސްފަޜާތްަކުްނ ބައިވެރިވިއެވެ. އަދި ބަންގްލާދޭޝް ހައިކޮމިޝަނަރާއި ހައކޮމިޝަނަރު އަރިހުގައި ވަޑައިގެނެނެވި ބޭފުޅުން ބައިވެރިވެވަޑައިގެން މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާއި، މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި، ވިސާގެ ކަންކަމާއިގުޅޭ ގުޅޭގޮތުން މޭޔަރު އިސްމާޢިލް ރަފީޤު މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މޭޔަރު ފާހަގަ ކުރެއްވި ކަންކަން ބައްލަވާ، ކުރިއަށް އޮތް ތަނުގައި ބަންގްލާދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ފުވައްމުލައް ތަރައްޤީކުރުމަށް ލިބިގެންދާނެކަމުގެ ޔަގީންކަން ބަންގްލަދޭޝް ހައިކޮމިޝަނަރު ރިއާ އެޑްމިރަލް މުޙައްމަދު ނަޒްމުލް ހަސަން ދެއްވާފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެވެ.

ބަންގްލާދޭޝް ހައިކޮމިޝަނަރު އެގައުމުގެ މީހުނާއި ބައްދަލު ކުރެއްވުން

ހައިކޮމިޝަނަރުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުނާއި ބައްދަލުކުރައްވާފައި ވިއެވެ. އަދި ބަންގްލަދޭޝް މީހުންނަށް އަމާޒުކޮށްގެން ޔޫތް ސެންޓަރު ހޯލުގައި “ފްރީ ފްރައިޑޭ” ނަމުގައި މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޭމްޕްގެ ހަރަކާތްތައް ބައްލަވާލެއްވުމަށް މޭޔަރު އާއި ކައުންސިލް މެންބަރު ޢަބްދުއް ﷲ ނާޞިރު ވަޑައިގެނެވިއެވެ.

ބަންގްލާދޭޝް ހަމިހުނަށް ބޭއްވި ފްރީ ފްރައިޑޭ ކޭމްޕް – ޔޫތު ސެންޓަރުގައި

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments