A wide advertisement which will be shown on all devices. (700 x 100)

‘ލާމަސީލު ޒުވާނާ’ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ލާމަސީލު ޒުވާނާ 2021- ބައިވެރިވުމުގެ ފުރުަސްތު ހުޅުވާލައި

ދިވެހި ފުލުހުން ކުރިޔަށް ގެންދާ ‘ލާމަސިލު ޒުވާނާ’ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގާ ކާމިޔާބު ޕްރޮގްރާމެކެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިޔަށް ގެންދާން ޕްރޮގްރާމް ހިންގަނީ ދ.އ ަތޮޅު ވާނީގައެވެ.

މިޕްރޮގްރާމުގައި ބައިވެރިވެވެނީ އުމުރުން 18 އަހަރާއި 25 އހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިފަހަރުގެ ކޭމްޕް ތާވަލް ކުރެވިފައިވަނީ 26 ޑިސެމްބަރު 2021 އިން 8 ޖެނުއަރީ 2022 އަށެވެ. މިބުރު ކޭމްޕް ހުޅުވާލެވިފައި ވަނީ  އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ހުވަދޫ އަތޮޅުގެ 130 ޒުވާނުންނަށެވެ.  ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މި 4 އަތޮޅުގެ ފުލުހުންގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިއީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތުގެ މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ހިންގާ ކޭމްޕެކެވެ. މި ކޭމްޕް ފުރިހަމަކުރާ ކުދިންނަށް ފުލުހުންނާއި ސިފައިންގެއިން ވަޒީފާ ހޯދުމުގައި ފަސޭހަވެގެންދާ ކަމަށް ކުރިން މި ޕްރޮގްރާމު ފުރިހަމ ކުރި ބައެއް ކުދިން ބުނެއެވެ.

މިފަހަރުގެ ކޭމްޕް ފުލުހުން ހިންގަނީ އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެންނެވެ. މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 9631703 އާއި 1456، 3347417 އަށ ގުޅުމަށް އެދިފައި ވެއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !