ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އހަރުގެ އަނހެނަކު މިއަދު މެންދުރު ފަހު ނިޔާވެއްޖެއެވެ. މިއީ ފުވައމްުލައް ސިޓީއިން ކޮވިޑް-19 ޖެހިގެން ނިޔާވި 3 ވަނަ މިހާއެވެ. މީގެ ކުރިން ނިޔާވެފައިވަނީ ދެ ފިރިހެނުންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ހާމަކުރެއްވި ގޮތުގައި މިއަދު ނިޔާވި އަންހެން މީހާއަކީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގައި އެޑްމިޓްކޮށްފަރުވާ ދެމުން ދިޔަ މީހެކެވެ.
މިއަދު ނިޔާވެފައި ވަނީ ފުނާޑު އަވަށު ކެންދޫގެ އިހައްވާ އަނީސާ، 79 އަހަރެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހު 2:55 ގައެވެ.
މިއީ ފުވައްމުލައް ސިޓީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެސިޓީއިން ކޮވިޑް ޖެހިގެން ނިޔާވި 3 ވަނަ މީހާއެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން ކޮވިޑް ޖެހިގެން ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރި އެހެން ފިރިހެނަކު ވެސް ނިޔާވެފަިއވެއެވެ. ނަމަވެސް އާއިލާއިން ބުނެފައިވާ ގޮތުން އެނާ ނިޔާވީ އެބަލިން ރަނގަޅުވި ފަހުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
މިބަލިގައި މުޅި ރާއްޖއިން މިހާތަނަށް 251 މީހަކު ނިޔާވެފައި ވެއެވެ.
ފުވައްމުލައް ސިޓިަގއި ކޮވިޑްގެ ހާލަތު މިވަގުތު އޮތީ އާއްމު ގޮތެއްގައެވެ. ބަލި ޖެހޭ މިހުންގެ ނިސްބަތް މަދެވެ. އިއްޔެ (30 ނޮވެމްބަރު 2021) އަށް ފުވައްމުލައް ސިޓިއިން ބަލި ޖެހިފައި ވަނީ ޖުމްލަ 1697 މީހުންނަށެވެ. އަދި 1608 މިހުން ބަލިން ރަނގަޅު ވެފައިވާ އިރު މިޙާރު ބަލީގައި ތިބީ 87 މީހުންނެވެ. އަދި އިއްޔެ 11 މީހަކަ ސްބަލި ޖެހިފައި ވެއެވެ.
ފުވައްމުލައް ސިޓީއިން ވެސް ކޮވިޑް-19 ޖެހިގެން ޓެސްޓް ހަދާ މީހުން މަދުވެފައި ބަލިގެ އުނދަގޫ ކުރިމަތިވާ މީހުންވެސް މަދު ކަމަށް ވެއެވެ.
ނަމަވެސް މިހާރު ދުނިޔެއިން ކުރިމަތިލަނީ ކޮވިޑްގެ އާވޭރިއެންޓެއް ކަމަށްވާ އެމިކްރޯން އާއެވެ.
ޚިޔާލުތައް