ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ – އެމްޓީސީސީ

Share on facebook
Share on twitter
Share on google

ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީ އިން ބުނެފިއެވެ. މިމަހު 6 ވަނަ ދުވަހުން ފެށިގެން ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ 70 އިންސައްތަ މިހާރު ނިމިފައިވާ އިރު، މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު ޖުލައި މަހުތެރޭ 730 ދުވަހުން (ގާތްގަޑަކަށް 2 އަހަރުން) ނިންމުމަށެވެ. 2019 ވަނަ އަހަރު ޖުލައި މަސްތެރޭ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުވި ނަމަވެސް އެމަސައްކަތް ބާރު ސްޕީޑުގައި ހިގަންފަށާފައިވަނީ މިދިޔަ އަހަރު 2020 ވަނަ އަހަރު ފަހުކޮޅުގައެވެ. 2020 ވަނަ އަހަރު ނޮވެމްބަރު މަސްތެރޭ އެމްޓީސީސީގެ ސީނިއާ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކުރުމަށްފަހު 1 އަހަރު ދުވަސްތެރޭ ފުވައްމުލަކު ގެ މަގުތައް ނިންމާލެވޭނެކަމަށް ވަނީ ބުނެފައެވެ. އެއަށްފަހު މިއަހަރު ޖުލައި މަސްތެރޭ އެމްޓީސީސީއިން ހާމަކޮށްފައިވަނީ ފުވައްމުލަކުގެ މަގުތަކުގެ 50 އިންސައްތަ ނިމިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ 5 މަސްފަހުން އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުން ނިމިފައިވަނީ އެމަސައްކަތުގެ 70 އިންސައްތަ މަސައްކަތެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
Anonymous
Anonymous
1 year ago

emme magevves adhi numimey