ފުވައްމުލަައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމް.ޓީ .ހޯގާޑް އާއި ހަވާލުކޮށްފި

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔާތް ކުރުމުގެ މަސައްކަތުގައި ސޮއިކުރުން 2021
Share on facebook
Share on twitter
Share on google

‏ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ .ހޯގާޑް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިރޭ (12 ޑިސެމްބަރު 2021) ސޮއިކޮށްފިއެވެ. ކުރިން ފުވައްމުލަކު ގިރާ ސަރަހައްދުގައި މިއަދު ހަވީރު ބާއްވަން ތާވަލް ކުރި ރަސްމިއްޔާތު ވިއްސާރަވުމުގެ ސަބަބުން ބާއްވާފައިވަނީ ހާފިޒު އަހުމަދު ސްކޫލުގެ ހޯލުގައި މިރެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔާތް ކުރުމުގެ މަސައްކަތުގައި ސޮއިކުރުން 2021

ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން، ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި އެމް.ޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޕެއާ ވިންޓާ ލާސަންއެވެ. ހޯގާޑަކީ ފުވައްމުލަކުގެ ބަނދަރު ވެސް ހެދި ކުން ފުންޏެވެ.

މި ރަސްމިއްޔާތުގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމު އާއި ފިނޭންސް މިނިސްޓަރު އަމީރު އާއި، އިސްލާމިކް މިނސްޓަރު އަހުމަދު ޒާހިރު އާއި ނެދަލޭންޑްސް އިން ރާއްޖެއަށް ކަނޑަައަޅުއްވާފައި ހުންނަވާ ސަފީރު ޓަންޔާ ގޮންގްރިޖް ވެސް ފުވައްމުލައް ސިޓީ އަށް ވަޑައިގެން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަފުޅު ދެއްކެވި ބައެއް ބޭފުޅުން

‏މި މަޝްރޫޢަކީ އިންވެސްޓް އިންޓަނޭޝަނަލް، ނެދަލެންޑްސްގެ ގްރާންޓް އެހީ އާއި، ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

‏މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރު-އުތުރު ފަރާތުގައި 2.65 ކިލޯ މީޓަރުގެ ދިގުމުނުގެ ތޮއްޓެއް ބޮޑުހިލަ ބޭނުންކޮށްގެން ލުމަށް ޑިޒައިން ކުރެވިފައި ވެއެވެ.
މިއީ 300 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 1 އަހަރާއި 8 މަސް ދުވަސް (606 ދުވަހުގެ) ތެރޭގައި ނިންމުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ ރަށެއްގައި ތޮށިލުމަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް މިނިސްޓަރު އަސްލަމު މިރޭގެ ޖަލްސާގައި ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔާތް ކުރުމުގެ މަސައްކަތުގައި ސޮއިކުރުން 2021

ދިގު މާޒީގެ 10 ވަރަކަށް އަަހަރު ފަހުން މި މަސައްކަތް ހަގީގަތަށްވާން ފެށުމުން ފުވައްމުލަކުގެ ގިނަ ރައްޔތުން ތިބީ އުފަލުން ފޮޅިފައެވެ. މި މަޝްރުއު އެންމެ ފުރަތަމަ އެކުލަވާލެވިގެން ދިޔައީ 2009 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން އެކުވާލި މަޝްރޫއަކާއެކުއެވެ. ނަމަވެސް 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނުކަސިޔާރު ގޮތަކަށް ވައްޓާލުމުން މި މަޝްރޫއަށް ފަންޑުކުރަން ތައްޔާރަށް ތިބި ފާރާތްތަކުން ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ. އަދި ނިމުނު ޕީޕީއެމް ސަރުކާރުން ވެސް މިމަސައްކަތް ކުރުމަށް އުޅުނެވެ. ނަމަވެސް އަމަލީގޮތުން އެކަން ކުރުމާއި ހަމަޔަށް އާދެވޭ ގޮތް ވަނީ ނުވެފައެވެ.

5.0/5.0 Article rating
4 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments