މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް ފުވައްމުލަކު މީހަކު ހޯދަމުން އަންނަކަމަށް ފުލުހުންގެ ޚަބަރުތައް ގެނެސްދޭ ޕޮލިސް ލައިފްއިން ހާމަކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ މާދަޑު އަވަށު މަހީނާ، ސަމާމު އަޙްމަދު، އައިޑީ A282879، (27އހަރު) އެވެ. އޭނާ ހޯދުމަށް އިއުލާން ކުރީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ. އެމައްސލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެފައި ވީނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭނާ ހާޒިރުކުރެވެނީ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ވެއެވެ. އޭނާ ހާޒިރުވާންޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، 2021 ޑިސެމްބަރު 29 ވަނަ ދުވަހުގެ 13:00 އަށެއެވެ.
އެފަދަ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ސަމާމު އަޙްމަދު އަންގައި އިއުލާނުކޮށްފައި ވެއެވެ.
ޚިޔާލުތައް