ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ފުވައްމުލައް ސިޓީ މީހަކު ހޯދަނީ

ވައްކަމުގެ މައްސަލަެއްގެ ތުިހުމަތުގައި ހޯދާ މީހެއް. އާދިލު
Share on facebook
Share on twitter
Share on google

ފުވައްމުލަކު ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ގެ އިދާރާއި ހާމަކުރައްވައެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މިމައްސަލައާ ގުޅިގެން ހޯދުމަށް އާއްމުކޮށް އިއުލާންކޮށްފައިނީ ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް (އެޑިލް)، 26 އހަރު އެވެ.

ފުލުހުންގެ ޚަބަރުތައް ގެނެސްދޭ ޕޮލިސްލައިފްގައި ބަޔާންކޮށްފައިވާ ގޮތުން މި އަޙްމަދު އާދިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

ދުވަހު ނޫސް ‘މިހާރު’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާދިލް ނުވަތަ އެޑިލް އަކީ ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓާއި ސިމްބޮލިކް ރެކޯޑްސް ގުޅިގެން ނެރުނު ވީޑިއޯ ލަވަ “އުދުހިފާ” ގެ ފަންނާނެކެވެ. އެ ލަވައަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެހެން ކުށްތަކާ ޒުވާނުން ދުރުކުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކުރި ލަވައެކެވެ.

އިފުހާމު – ޕެސްޓް- މިހާރު ނޫސް

އާދިލް ހޯދަން ފުލުހުން މިއަދު ނޯޓިސް ނެރުނުއިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި ސިމްބޮލިކްގެ މަޝްހޫރު ރެޕު ލަވަކިޔުންތެރިޔާ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ވަނީ ހައްޔަރުކޮށްފައެވެ. އެނާ ވެސް ނިސްބަތްވާނީ ފުވައްމުލައް ސިޓީ ދިނގުވާޑު އަވަށަށެވެ. ޕެސްޓްގެ މައްޗަށް ފުލުހުން ވަނީ މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލައިފަ އެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments