މަކަރާ ހީލަތް ހެދުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުނުވެގެން ފުވައްމުލަކު މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މިމައްސަލާގައި ފުލުހުން ހޯދަނީ ފުވައްމުލަކު ހޯދަޑު އަވަށު އިނަފް ކިޔާގޭގެ މުހައްމަދު ނާޒިމު ނަސީމު، 45 އަހަރު އެވެ.
ފުލުހުން އިއުލާނުގައި ވާގޮތުން އޭނަ ހޯދަނީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވުމުން، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ވުމާއެކު ފުލުހުން ވަނީ ނާޒިމު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ނާޒިމުއަކީ ރިޒޯޓުތަކުގައި ކޮންސްޓްރަޝަން މަސައްކަތް ކުރާއުޅޭ މީހެކެވެ.
No Article rating
0 Reviews
5
4
3
2
1