A wide advertisement which will be shown on all devices. (700 x 100)

ކޯޓަށް ހާޒިރުކުރުމަށް ފުވައްމުލަކު މީހަކު ހޯދަނީ

ފުލުހުން ހޯދާ އާލިފް އަހުމަދު، ލޭޒާ، ފުވައްމުލައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުވައްމުލަކު މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ. އެގޮތުން ފުލުހުން ހޯދަމުން އަންނަނީ އާލިފް އަޙްމަދު، ލޭޒާ، ފުވައްމުލައް އެވެ.

ފުލުހުން އާލިފް އަހުމަދު ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވަތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އާލިފް އަހުމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދަޢުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ސިވިލް ކޯޓަށް އޭނާ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ( 2021 ނޮވެމްބަރު 10 ވަނަ ދުވަހުގެ) 14:10 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައި ވެއެވެ.

އެގޮތުްނ ފުލުހުންގެ ފަރާތުން އެދިފައިވަނީ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަސްވެސް ފުލުހުންގެ ފަރތުން އާއްމުކުއި ބަޔާނުގައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !