A wide advertisement which will be shown on all devices. (700 x 100)

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް، 26 ޑިސެމްބަރު، ފާހަގަ ކުރުމަށް މުއްސަސާތަކުން މާދަމާ އަތުގުޅާލުމެއް ބާއްވަނީ

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް - 26 ޑިސެމްބަރު -

ރާއްޖޭގެ ފާހަގަކުރާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް، 26 ޑިސެމްބަރު، ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ މުއްސަސާތަކުން އަތުގުޅާލުމެއް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މިއަތު ގުޅާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00ގައި ރަސްމީ ބޯޅަދަނޑު (ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ކުރިމަތި)ގައެވެ. މިއަތުގުޅާލުމުގައި ބައވރިވާ މުއައްސަސާތަކުގެ ފިރހިހެނުން ގައުމީ ކުލަކަތުން، ހުދު ނުވަތަ ރަތް ގަމީހާއި ޓައީ ބެނުންކުރެއްވުމަށާއި އަންހެނުން ވެސް ހުދު ނުވަތަ ރަތް ހެދުމާއި ރަތް ބުރުގާ ބޭނުންކުރެވުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

ގައުމީ އެއްބަިއވަންތަކުމުގެ ދުވަހުގެ ގޮތުގައި 26 ޑިސެމްބަރު ރާއްޖޭގައި ފާހަގަ ކުރަނީ މީގެ 17 އަހަރު ކުރިން ރާއްޖެއާއި ދެކުނު އޭޝިއާއަށް ދިމަވި ސުނާމީގެ ކާރިސާއާއި ގުޅުވައިގެންނެވެ.

2004 ވަނަ އަހަރު ދިވެހިރާއްޖެ އާއި އޭޝިއާގެ ބައެއް ގައުމުތަކަށް އެރި ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އހާދިސާގައި 5 ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނެވެ.އޭގެތެރޭގައުި ރ. ކަނދޮޅުދޫއާި ތ. ވިލިފުށި ހިމެނެއެވެ. ސުނާމީގެ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިގެން ގޮސްފައިވެއެވެ.

އެދުވަހުގެ ހާދަިސާގައި ފުވައްމުލަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުވައްމުލަކުގެ މީހުންގެ މުދަލަށް ގެއްލުންވެފައި ވެއެވެ. އަދި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި އެހެން ރަށްރަށުގައި ތިބި ފުވައްމުލަކުގެ މީހުންވެސް ހިމެނެއެވެ.

ގައުމީ އެއްބައިވަންތަކުމުގެ ދުވަހުގެ ގޮތުގައި 26 ޑިސެމްބަރު ފާހަގަ ކުރަނީ އެދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !