A wide advertisement which will be shown on all devices. (700 x 100)

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފުވައްމުލަކުގައި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް 2018 - ފުވައްމުލައް ސިޓީ

ފުވައްލައް ސިޓީގައި އިއްޔެ ފާހަގަ ކުރި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ނިންމާމާލީ އެއްވުމުގެ ބައިވެރިންއެކުގައި ބޭއްވި ހިނަގާލުމަކަށް ފަހު އެއްވުން ފެށި ފުވައްމުލަކު ސްޓޭޑިއަމުންނެވެ.

އިއްޔެގެ އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެން ފިރިހެން ކުދި ބޮޑު މީހުން ބައިވެރިވެ ފުވައްމުލަކު ސްޓޭޑިއަމުގައި އެއްބައިވަންތަ ކަމުގެ އަތު ގުޅާލުމަކާއި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ބޭޭއްވިއެވެ.

އިއްޔެގެ އެއްވުމުގެ ބައިވެރިންނާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ފަލާޙު ޝަރީފު މުޚާތަބުކޮށް ސުނާމީ ހާދިސައަށްފަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އަދި ކުއްލި ކާރިސާތަކުގައި ހަރަކާތްތެރިވާނެ ޓީމެއް ފުވައމްުލކުގައިވެސ ްއެކުލަވާލާފައިވާ ކަމށް ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަ ކަުމުގެ ދުވަހުގެ ހިނގާލުން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އިއްޔެގެ އެއްވުމުގައި ގިނަ ބައިވެރިން ފެނިގެންދިޔައީ ހުދުކުލައިގެ ޓީޝާޓުގައެވެ. ބައެއް ބައިވެރިން ރަތް ކުލަވެސް ބޭނުން ކުރިއެވެ.

އިއްޔެގެ އަތު ގުޅާލުމަށްފަހު ބައިވެރިން އެކުގައި ފުވައްމުލަކު ތާރުމަގަށް ނިކުމެގެން ހިނގާފައި ގޮސް މާނޭރެ ފަންނު ހިސާބުން ޣާޒީމަގަށް ވަދެގެން ވަކި ހިސާބަކަށް ކުރިޔަށް  ދިޔެއެވެ. އަދި އެތެރޭގެ ބައެއް މަގުތަކުން ހިނގުމަށްފަހު އެނބުރި ތާރުމަގުން ގޮސް އެއްވުން ނިންމާލީ ސްޓޭޑިއަމަށެވެ.

2004ގެ ސުނާމީގަިއ ފުވައްމުލަކަށް ގެއްލުމެއް ނުވިކަމުގައި ވިޔަސް ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުމާއި އާއިލާތަކަށް ލިބުނު ހިތާމާގައި ފުވައްމުލައް ސިޓިގެ ރައްޔިތުން ވެސް ބައިވެރިވާކަން ހާމަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފުވައްމުލަކުގައި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރެއެވެ.

މިހަރަކާތް ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލައް-ފުލުހުން ގުޅިގެންނެވެ. މިހަރަކާތުގައި ރެޑް ކްރެސެންޓ ފުވައްމުލައް ގޮފިއާއި ޖީއެން ވޮލަންޓިއަސްގެ ފަރާތުން ވެސް ބައިވެރިވިއެވެ.

ރެޑް ކްރެސެންޓް -ފުވައްމުލައް އާއި ޖީއެން ވޮަލްޓިއާސް އިއްޔެގެ އެއްވުމުގައި ބައިވެރިވި

2004ގެ ސުނާމީ ހާދިސާގެ ހަނދާންތައް އާކުރަމުންދާއިރު މިދުވަސްވަރު ވެސް އިންޑޮނޭޝިއާގެ ބައެއްހިސާބުތަކަށް ސުނާ އަރައި އެތައްބަޔަކު މަރުވެ އަދި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ސުނާމީ އުފެދޭ ކަނޑުއަޑީގެ އަލފާން ފަރުބަދަތައް މިދުވަސް ކޮޅޫ އިންޑޮނޭޝިއާ ސަރަހައްދުން ގޮވަމުނ ްދާކަމަށް ވެއެވެ. ނަމަވެސް މިއގެެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !