ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ފުވައްމުލައް ސިޓީ ދެ މީހަކަށް ރޭ ލިބިއްޖެއެވެ. ރޭ މާލޭ ޖުމްހޫރި މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކުމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއިނާމު ލިބިފައިވަނީ ފުވައްމުލަކު ހޯދަޑު އަވަށު މީހަކަށާއި މިސްކިތްމަގު އަވަށުގެ މީހަކަށެވެ.

ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބުނު މުހައްމަދު އިބްރާހިމް ދީދީ، ލީނާ، މިސްކިތްމަގު
ދިވެހި ދައުލަތަށް ގިނަ ދުވަހު ކިދުމަތްކުރުމުގެ އިނާމު ރޭ ލިބުނު ދެ މީހުންނަކީ:
އަލްފާޟިލު މުހައްމަދު އިބްރާހިމް ދީދީ، ލީނާ، މިސްކިތްމަގު، ފުވައްމުލައް، ދައުލަތަށް ޚިދުމަތް ކުރެެއްވި މުއްދަތު 41 އަހަރު
އަލްފާޟިލް މުހައްމަދު ސައީދު އަހުމަދު، އަހިމާގެ، ހޯދަޑު، ފުވައްމުލައް، ދައުލަތަށް ޚިދުމަތް ކުރެެއްވި މުއްދަތު 38 އަހަރު
މިސްކިތްމަގު، ލިނާ އިބްރާހިމް ދީދީ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ފުވައްމުލައްކު ކޯޓުގައެވެ. ހޯދަޑު، އަހިމާގެ މުހައްމަދު ސައީދު ގިނަދުވަހު މަސައްކަތް ކުރައްވާފައިވަނީ ދިވެހި ސަފައިންގެ ޚިދުމަތުގައެވެ
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމު ކަމަށް ރޭގެ ޖަލްސާގައި ހަމަކުރެއްވިއެވެ.

ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބުނު މުހައްމަދު ސައީދު އަހުމަދު، އަހިމާގެ، ހޯދަޑު – 2021
މިއިނާމު ދެނީ ގައުމީ ދެ ޖަލްސާއަކަށް ބަހާލައިގެންނެވެ. އެއި ޖުމްހޫރީ ދުވަހުގެ ޖަލްސާއާއި ރޭގެ ޖަލްސާ (ގައުމީ އެއްބައިވަންތަ ކމުގެ ދުވަހުގެ ޖަލްސާ) ގައެވެ. އެގޮތުން ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި 117 ބޭފުޅަކަށް ދީފައި ވެއެވެ. އަދި ރޭ ގެ ޖަލްސާގައި 106 ފަރާތަކަަށް ވަނީ މި އިނާމު ދީފައި ވެއެވެ. ވުމާއެކު މިއަހަރު މި އިނާމު ދިފައިވާ ޖުމްލަ އަކީ 223 ބޭފުޅުންނެވެ.
ޚިޔާލުތައް