”ލިޔުންތެރިޔާގެ އަޑުން ވާހަކަ އަޑު އެހުން“ ނަމަުގައި ވާހަކަ އަޑު އެހުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އިން މިއަދު ކުރިޔަށް ގެނެގޮސްފިއެވެ.
ދިގުވާޑު އަވަށުގައި ހުންނަ ފުވައްމުލަކު ޕަބްލިކް ލައިބްރަރީގައި ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމު ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.
މިއަދުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އެޑިއުކޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓްގެ ފަރާތުން ފާތިމަތު ޝެހެޒިނީ އިސްވެ ހުންނަވައެވެ.

ވާހަކަ އަޑު އެހުމުގެ ޕްރޮގްރާމް – ފުވައްމުލަކު ޕަބްލިކް ލައިބްރަރީ 2021
+1
+1
ޚިޔާލުތައް