A wide advertisement which will be shown on all devices. (700 x 100)

ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

ޒަރޫރީ ބޭނުން ތަކުގައި ގެއިން ބޭރުގައި އުޅޭވަގުތުތަކުގައި މާސްކު އަޅައިގެން އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިވަޑައިގަންނަވައިފިއެވެ. ސިޓީ ކައުންސިލުން މިއަދު ކުރެއްވި އިއުލާނުގައި ބުނެފައިވަނީ ވަނީ ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ރައްކާތެރިކަމައްޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރ 3/2021 އެންގުމުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކައް އެންމެހާ ރައްޔިތުން އަމަލު ކުރުމަށް ރައީސުލްޖުމްހުރިޢްޔާގެ އޮފީހުން އެދިވަޑައިގެން ފައިވާކަމަށެވެ. އަދި  މިއެންގުންތަކަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަންގާ އެންގުންތަކެއްކަމައްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިއެންގުންތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު މޯލްޑިވުސް ޕޮލިސް ސާވިސް އިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ވެސް މިއިއުލާނުގައި ހާމަކުރައްވާފައިވެއެވެ.

ކޮވިޑް 19 އިގެ ބިރުވެރިކަން އަނެއްކާވެސް އިތުރުވެފައިވާއިރު ހިނގަމުންމިދާ ސްކޫލް ޗުއްޓީއާއިއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަށުން ބޭރަށް ދަތުރުކޮއްފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދާއިރު މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރު ކުރާއިރު އަމަލުކުރަންޖެހޭ އުސޫލެއް އެޗުޕީއޭއިން ވަނީއެކުލަވާލާފައެވެ. މި އުސޫލުގައިވާގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުން އަތޮޅުތެރެއައް ދަތުރުކުރާއިރު 72 ގަޑި އިރު ނުވާ ނެގެޓިވު ޕީސީއާރު ނަތީޖާއެއް ބޭނުންވާނެއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު މާލެއިން އަތޮޅުތެރެއައް ދަތުރުކުރާ މީހުންނަށް މާލޭގައި ސާންޕަލް ދީފައި ފުރާވަގުތާހަމައަށް ޕީސީއާރު ނަތީޖާ ނުލިބޭނަމަ ނަތީޖާ ލިބެންދެން ކަރަންޓީނު ވާންޖެހޭ ގޮތަށް ދަތުރުކުރެވޭނެ ކަމަށް ވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ވެކުސިން ފުރިހަމަ ކުރައްވާފައިނުވާ ފަރާތްތަކުން ގޭގައި ކަރަންޓީނުގެ 7ދުވަސް ފުރިހަމަ ކުރުމައްފަހު ޕީސީއާރ ޓެސްޓް ހަދަންޖެހޭނެއެވެ.

ފުވައްމުލަކު ސިޓީކައުންސިލުން އަބަދުވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމައް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަނގަކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !