A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓް ފާސްކުރުން މިރޭ

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓް ފާސްކުރާ ޖަލްސާ މިރޭ 8:30ގައި

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓް ފާސްކުރުމުގެ އާއްމު ޖަލްސާ، މިރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، 14 ޖެްނުއަރީ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ފުވައްމުލައް ސިޓީ އިދާރާގެ ކުރުނދުމާ މާލަމުގައެއެވެ. މިއީ އާއްމު ޖަލްސާއެއް ކަމުން މި ޖަލްސާގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ވަނީ ހުޅުވާލައިފައި ކަމަށް ފުވައްމުލައް ސިޓީ ކައުނސިލުން ހާމަކުރައްވައެވެ.

މީގެ އިތުރުން މިޖަލްސާ ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން “ވަގުތުން” ގެނެސްދޭ ގޮތަށް ހަމަޖެހިފައި ވާކަމަށް އެ ކައުންސިލުން މިއަދުހަވީރު ވަނީ އާއްމުކޮށްފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުން އިސްލާހުތަކާއެކު ކައުންސިލްތަކަށް ވަނީ މާލީ ގޮތުން ބޮޑެތި އިޚުރިޔާރުތަކެއް ދީފައެވެ.

އެގޮތުން ކައުންސިލް ނިސްބަތްވާ ސަރަހައްދެއްގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދިނުން އެ ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ކައުންސިލް ނިސްބަތްވާ ސަރަހައްދުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް މަސައްކަތްތަކުގެ ތެރެއިން 5 މިލިޔަން ރުފިޔާއިން ދަށުން ޕްރޮޖެކްޓްތައް ހިންމުގެ ބާރު ކައުންސިލްތަކަށް ދީފައި ވެއެވެ.

އަދި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ދައުލަތުގެ ޑޮމެސްޓިކް ރެވެނިއުގެ %5 ހިލޭ އެހީގެ ގޮތުގައި ދިނުމާއި، އެ ކައުންސިލެއްގެ އިޚުތިސާސުގައި ހިމެނޭ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 އާއި މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އެއްކޮށް އެކައުންސިލަކަށް ލިބިގެންދާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ދައުލަތުގެ އަހަރީ ބަޖެޓުން ސިޓީ ކައުންސިލްތަކަށް އެވްރެޖްކޮށް %433 އަށް ބޮޑުކުރުމަށް ވާހަކަ ދެކެވުނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !