A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ އޯޑިޓް ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުމަށް ބައްދަލުކުރަނީ

ފުވައްމުލައް ސިޓީ ކައުންސިލްގެ އާއްމު ބައްދަލުވުން - ފެބްރުއަރީ 2022

ފާއިތުވި 2021 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލްގެ ހަރަކާތްތަކާއި، މާލީ އަދި އޯޑިޓް ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުމަށް އާއްމު ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި އާއްމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވާނީ 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ، 8:30 ގައި ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ގިނަ ބައްދަލުވުންތައް، މިފަހަކަށް އައިއިސް އަންނަނީ އެކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުންނެވެ. ނަމަވެސް މި އާއްމު ބައްދަލުވުން ލައިވްކުރާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާގޮތުން ސިޓީ ކައުންސިލުން ރައްޔިތުންނާއި މައުލޫމާތު ހިއްސާކުރުމަށް އަހަރަކު ދެފަހަރު (ފެބްރުއަރީ އަދި ޖުލައި) އާއްމު ބައްދަލުވުން ބާއްވަން ޖެހެއެވެ. އަދި އެބައްދަލުވުންތައް ބޭއްވުމުގެ 7 ދުވަސް ކުރިން ނޯޓިސް ނެރެން ޖެހެއެވެ. މިބައްދަލުވުމުގެ ނޯޓިސް 10 ދުވަސް ކުރިން (13 ފެބްރުއަރީ 2022ގައި) އާއްމުކޮށްފައި ވެއެވެ.

ކޮންމެ އަހަރަކު ފެބްރުއަރީ މަހު ބޭއްވުމަށް ގާނޫނުން ލާޒިމުކުރާ ބައްދަލުވުމުގެ ނޯޓިސް އާއިއެކު އެ ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ ސިޓީ ކައުނސިލްގެ ހަރަކާތްތަކާއި، މާލީ ރިޕޯޓާއި އޯޑިޓް ރިޕޯޓް ބައްދަލުވުމުގެ 7 ދުވަސް ކުރިން އާއްމު ކުރުމަށް ބުނެފައި ވެއެވެ. ނަމަވެސް މިބައްދަލުވުން މިރޭ ބޭއްވޭ އިރުވެސް ސިޓީ ކައުންސިލުން މިދެންނެވި ޕްލޭނާއި ޑްރާފްޓް ބަޖެޓް ހާމަކޮށްފައެއް ނުވެއެވެ.

މިބައްދަލުވުމަށް ސިޓީ ކައުންސިލުން ނޯޓިސް ނެރުމުގެ މާކުރިން ވަނީ ފާއިތުވުި 2021 ވަނަ އހަރުގެ މާލީ ހަރަކާތްކާއި ހިންގުނު ހަރަކާތްތަކުގެ ރިޕޮޓް އާމއުކޮސްފައެވެ. ނަމަވެސް ސިޓިކައުންސިލްގެ އޯޑިޓް ރިޕޯޓް އާއްމުކުރިކަން އެނގޭކަށްނެތެވެ.

ޖުލައި މަހުގެ ބައްދަލުވުމުގައި ކުރަން ޖެހޭކަމަށް ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނަނީ “އަދި ޖުލައި މަހުގެ ބައްދަލުވުމުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަން ވާނެއެވެ.”

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާ

މިމާއްދާގައި އިތުރަށް ބުނެފައި ވަނީ “މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަން ވާނެއެވެ”. ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ހޯދާ ތަކެއްޗާއި ޚިދުމަތުގެ ރިޕޯޓެއް ކޮންމެ މަހަކު ވެސް ސިޓީ ކައުންސިލް ނެރެމުން އާދެއެވެ. ނަމަވެސް ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާމިންވަރު މިއަހަރު ހާމަކޮށްފައިވާކަން އެނގޭކަށް ނެތެވެ.

ފާއިތުވި 2021 ވަނަ އަހަރު ވަނީ އެއިގެ ކުރީ އަހަރު (2020)ގެ ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން ގޮސްފައި ވެއެވެ.

2019 ވަނަ އަހަރު ޖެނުއަރީ މަހު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައެޅި ‘ޓައުންހޯލް ބައްދަލުވުން’ އުސޫލުގައިވާ ގޮތުން ކައުންސިލްތަކުގެ އިޚްތިސާސްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެކައުންސިލެއް ހިމެނޭ ދާއިރައެއްގައި ދިރިއުޅޭ މީހުންގެ 100 މީހުން ނުވަތަ %20 މީހުން އަށްވުރެ ގިނަ މީހުން އެދިއްޖެ ހާލަތެއްގައި ގިނަވެގެން 30 ދުވަހުގެ ތެރޭގައި އާއްމުކޮށް ހުޅުވާލައިގެން މަޝްވަރާގެ ބައްދަލުވުމެއް ބާއްވަން ޖެހޭއެވެ. އެގޮތުން ބާއްވާ ބައްދަލުވުމުން ސިޓީ ކައުންސިލާއި ރައްޔިތުންނަށް ދާއިރާއިރާގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައި އޮންނަން ވާނެއެވެ.

ސިޓީ ކައުންސިލުން ބޭއްވާ ގިނަ ބައްދަލުވުންތަކަށް އާއްމުންގެ ތަރުހީބު އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާކަން ފާހަގަވެއެވެ. ސިޓީ ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވަނީ މަދު މީހެކެވެ. ނަމަވެސް އޮންލައިންކޮށް ފުވައްމުލައް ސިޓީ ކައުންސިލުގެ ބައްދަލުވުންތައ ްބާއްވަން ފެށުމުން ގިނަ ބައްދަލުވުންތަކަކަށް އާއްމުގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި ފަހުން ވެސް ބައްދަލުވުން ބަލާ މީހުން އިތުރުވެފައިވާކަންމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !