ފުވައްމުލައް ސިޓީގެ މިސްކިތްތައް ފިނިކުރުމަށް ބޭނުންވާ އޭސީތައް ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާ ނުވަތަ ސީއެސްއާރުގެ ތެރެއިން ފުވައްމުލަކު ސިޓީ ކައުންސިލާއި އޭސީތައް ހަވާލުކޮށްފައިވަނީ މިއަދު ފުވައްމުލަކު ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން މިއޭސީތަކާއި ހަވާލުވެވަޑައިގަތީ އެކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބްރާންޗުގެ މެނޭޖަރު ހުސައިން ޝާފީއެވެ.
+1
+1
ޚިޔާލުތައް