A wide advertisement which will be shown on all devices. (700 x 100)

ފީނަންދިޔަ ދިޔަ ތަޖުރިބާކާރު ޑައިވަރު ސައީދު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ޑައިވް ސްކޫލުން ހިންގި އީއާރުއެފް ކޯހުގެ އިންސްޓްރަކްޓަރ މުހައްމަދު ސައީދު ، މެދުގައި 2019

މިއަދު މެންދުރު ފަހު ފުވައްމުލަކުން ޑައިވީނަށް ދިޔަ ފުވައްމުލަކު ދިގުވާނޑު ނީމޯ (ނޫވިލު) މުހައްމަދު ސައީދު ގެއްލިގެން ހޯދުމުގެ މަސަކަތް ކުރަމުން އެބަދެއެވެ. އޭނާއާއިއެކު ޑައިވިންއަށް ދިޔަ  ދޫނޑިގަމު އަވަށު ޑޭޒީވިލާ މަހުމޫދު ފާއިޒު ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދ.އަތޮޅު ކަޑިންމަ ރިޒޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގައި ފަރުވާދިނުމަށް ފުރުވާލާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ. އެދެމީހުން ފީނަން ދިޔައީ އެކުގައެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 3:00 އާއި 3:30 އެހާކަށްހާއިރު ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިގާފައިވަނީ އެދެމީހުން އެކަނި ކުރި ފަން ޑައިވެއްގެ ތެރެއިންކަމަށެވެ. ގެސްޓުން ގޮވައިގެން ޑައިވީނަށް ދިޔައީ ފުވައްމުލަކު ބަނދަރުގެ އުތުުރު ކޮޅުން ބޮޑުފަންނާއި ދިމާލުގެ ޑައިވީން ޕޮއިންޓަކަށެެވެ. ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ 3:45 ގައި ކަމަށް އެފަރާތުން ހާމަކުރައްވައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި، ޕޮލިސް އާއި، ފުވައްމުލައް ސިޓީ ކައުންސިލް އާއި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ޑައިވަރުން އިރުއޮއްސުނު ފަހުން ވެސް މަސައްކަތް ކުރަމުން އާދެއެވެ.

މިހާދިސާގައި ގެއްލިފައި ވަނީ ފުވައްމުލަކު ދިގުވާޑު، ނީމޯ (ނޫވިލު) މުހައްމަދު ސައީދު (44 އަހަރު) އެވެ. އޭނާއަކީ ޑައިވް ސެންޓަރެއް ވެސް ހިންގަމުން އަންނަ ތަޖުރިބާކާރު ޑައިވިން އިންސްޓަރްކްޓަރެކެވެ.

ހާދިސާގެ މައުލޫމާތު ހިއްސާކުރި ފަރާތަކުން ކިޔައިދިން ދިންގޮތުގައި ފަންޑައިވެއް ކުރި ދެމީހުން ތެރެއިން މަހުމޫދު މައްޗަށް އެރި އިރު އޭނާގޭ ހާލު ސީރިސްވެފައިވި ކަމަށާއި އަދި ސައީދު ޚަބަރެއް ނުވިކަމަށެވެ.

މަހުމޫދު މައްޗަށް އެރުމާއިއެކު ނަގައި ވަގުތުން ކަމާބެހޭ ފަރާތްތަކަށް ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށްފަހު ރަށަށް ގެނެސް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. އޭނާއަށް ފުރަތަމަ ވާހަކަ ނުދެއްކޭ ކަމަށާއި ނަމަވެސް ފަހުން ބަސް ބުނެވޭ ވަރުވި ކަމަށްވެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހާ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި ދ.އަތޮޅު ކަނޑިންމަ ރިޒޯޓުގައި ހުންނަ ޑިކޯ ޗެމްބަރަށް ގެންދިއުމަށް ދަތުރުކުރުމުން އަންނަ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހަމައްދު ޟިރާރު މިކަލް ނޫހަށް ދާދި ދެންމެއަކު މައުލޫމަތު ދެއްވިއެވެ. އޭނާ އިތުރު ފަރުވާއަށް ފުރުވާލިއިރު ހޮސްޕިޓަލަށް ގެންދެވުނު އިރަށްވުރެ ހާލު ރަނގަޅު ކަމަށާއި ކޮންމެ ވެސް މިންވަރަކަށް ވާހަކަ ދެއްކޭ ކަމަށް ޟިރާރު ވިދާޅުވިއެވެ.

ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިރޭ ވެސް ހުއްޓާނުލައި ކުރިޔަށް ގެންދިއުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި އެމްއެންޑީއެފް، ޕޮލިސް އާއި ފުވައްމުލައް ސިޓީ ކައުންސިލުން އަދި ފުވައްމުލަކު ޑައިވް ސެންޓަރުތަކުގެ ޑައިވަރުން ގުޅިގެން ކުރިޔަށް ގެންދާގޮތަށް ރޭވިފައިވާ ކަމަށް ޟިރާރު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Hithaamaveri dhandivalhugai haqeeqee vaahaka no-one nudhekun rangalhu. Edhenee avas kurierumekeve.