ޑިސްކަވަރީން ‘ޕޮންޑިޗެރީ ޝާކް ހޯދުމަށް ޓައިގަރ ޝާކް ސައިޓަކަށް!

ޑިސްކަވަރީން ޕޮންޑިޗެރީ ޝާކް ހޯދުމަށް ތައިގަރ ޝާކް ސައިޓަކަށް
Share on facebook
Share on twitter
Share on google

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު  ގުދުރަތީ ކަންކަމަށް ޑޮކިއުމެންޓްރީ ހަދާ ޓީވީ ޗެނެލެއް ކަމަށްވާ ޑިސްކަވަރީ ޗެނެލްގެ ޓީމަކުން ފާއިތުވި އަހަރު ފުވައްމުލަކު ފަރަށް ޑައިވުކުރީ މިޔަރުގެ ބާވަތެއްކަމަށްވާ “ޕޮންޑިޗެރީ ޝާކު”ގެ ހިލަމެއް ވޭތޯއެވެ. ފުވައްމުލައް ސިޓީގެ ފަރު ބޮޑަށް މަޝްހޫރު ވެފައި އޮންނަނީ ޓައިގަރ ޝާކު (ފެމުނު) ގިނަ ހިސާބެއްގެ ގޮތުގައެވެ. ނަމަވެސް ޑިސްކަވަރީގެ ޓީމަށް އެކަން އެނގިފައިވާ ކަމަކަށް ނުބެލެވެއެވެ.

ޑިސްކަވަރީ ޗެނެލްގެ ޓީމުން މަސައްކަތް ކުރީ ކުރިން އުޅުނު މިޔަރުގެ ބާވަތެއް ކަމަށްވާ ‘ޕޮންޑިޗެރީ ޝާކް” ފުވައްމުލަކުގެ ފަރުން ފެނޭ ތޯއެވެ. ބުނެވޭ ގޮތުގައި މިބާވަތުގެ މިޔަރުތައް 1970ގެ އަހަރުތަކުގައި ވަނީ ދުނިޔެއިން ނެތިގެން ގޮސްފައެވެ.

ޑިސްކަވަރީ ޗެނެލްގެ ޑައިވަރުންގެ ޓީމުން އަޑީގައި ތިއްބާ ގިނަ އަދަދެއްގެ ޓައިގަރ ޝާކު އައިސް އެމީހުން ވަށައިގެން ދުވަން ފެށިއެވެ. އެއާއެކު އެމީހުންނަށް ޓައިގަރ ޝާކާއާއި މެދު ވިސްނިފައި އޮތް ބިރުވެރިކަމުން ސިހުން ގެނުވިއެވެ. އަދި އެއީ ވަރަށް ބިރުވެރި ޙާލަތެއް ކަމަށް ސިފަކުރެއެވެ.

ފެމުނު ޑިސްކަވަރީގެ ކެމެރާ ޖަހައިގަތީ އޭގައި އެންގަޑެއް އޮތުމުން – ފެރެސްޓް ގަލަންޓޭ ކެމެޜާ ތައްޔާރުކުރަނީ

މިކަން  ބޮޑަށް ދިމާވިކަމަށް ބެލެވެނީ  ޑައިވަރުންނާއި ވަކިން އަޑިއަށް ފެއްތި ކެމެރާ އާއިއެކު މަސްގަނޑެއް އޮތުމުން، އެތަނަށް އައި ފެމުނު މިޔަރު އެ ކެމެރާއާއި އެއާއެކު ހުރި ލައިޓާއި އެކު ޖަގައިގަތުމުންނެވެ. މިކަން ޑިސްކަވަރީގެ ޑައިވަރުންނަށް ސިފަކުރީ އަދި ވަކިން ބިރުވެރި ކަމަކަމެއްގެ ގޮތުގައެވެ. ނަމަވެސް  ފުވައްމުލަކުގެ ފަރުން ފެންނަ ފެމުނު މިޔަރުގެ އެފަދަ ބިރުވެރިކަމެއް ދިމާވެފައިވާ ކަން މިހާތަނަށް އެނގޭކަށް ނެތެވެ. މިޔަރު ޖަހައިގަތް ކެމެރާގެ ބައިތައް މަތީގައި އޮތް ޓީމުން ވަނީ އޭގައި ޖަހާފައިވާ ވަލުގެ އެހީގައި ދަމައި މައްޗަށް ނަގާފައެވެ. ނަމަވެސް އޭގައި ހުރި ލައިޓުގެއްލުނެވެ.

މިހާރު ޔޫޓިއުބުގައި އާއްމުކޮށްފައިވާ ވީޑިއޯއަށް ކޮމެންޓް ކުރި ބޭރުގެ ބައެއް މީހުން ބުނެފައި ވަނީ އެޓައިގަރ ޝާކުތަކަކީ ބިރުވެރިކަމެއް ނެތް ރަހުމަތްތެރި އެއްޗެހިތަކެއް ކަމަށެވެ. އެމީން އެތައް ފަހަރަކު މިސައިޓަށް ޑައިވްކޮށް އެ  މިޔަރުތަކާއެކު އުޅެފައިވާ ކަމަށެވެ. ކޮމެންޓް ކުރި ބައެއް މީހުންގެ ނުރުހުމާއި ފާޑުކިޔުން މިވީޑިއޯއަށް ވަނީ އަމާޒުވެފައެވެ. އެހެނީ ޑިސްކަވަރީގެ ޓީމުން  މިސައިޓްގައި މަސައްކަތް ކުރި ގޮތުން އެއީ ބިރުވެރިތަނެއްގެ ގޮތުގައި ސިފަކޮށްފައިވާތީއެވެ.

ޑިސްކަވަރީ ޓީމުގެ ލީޑު ޑައިވަރު ފޮރެސްޓް ގްލޭންޭޓޭ ވެސް ފާހަގަކޮށްފައި ވަނީ ފުވައްމުލަކުގެ މިޑަވްސައިޓްގައި ގިނަ އަދަދަކަށް ކަނޑުގެ ދިރުންތައް ހުރި ކަމަށެވެ. ޕޮންޑިޗެރީ ޝާކް ނޫން އެހެން ހުރިހާ އެއްޗެއް މިސައިޓްގައި ހުރިކަމަށެވެ. ނަމަވެސް ފޮރެސްޓް މިސައިޓް ސިފަކުރީ ޓައިގަރ ޝާކުން ފުރިަފއިވާ ބިރުވެރި ތަނެއްގެ ގޮތުގައެވެ.

ފެމުނު ޑިސްކަވަރީގެ ކެމެރާ ޖަހައިގަތީ އޭގައި އެންގަޑެއް އޮތުމުން

މިވީޑިއޯ ޑޮކިއުމެންޓްރީ ހަދަން  ޑިސްކަވަރީ ޓީމުން ފުވައްމުލައް ސިޓީއަށް އައިސްފައި ވަނީ ފައިތުވި އަހރުގެ އޮކްޓޯބަރު މަހުގެ 20-25 އަށެވެ.

މާދަމާ ރޭ ޑިސްކަވަރީން ފުވައްމުލައް ޑައިވް ސްކޫލާއި ގުޅޭ ޑޮކިއުމެންޓްރީއެއް ފޮނުވުމަށް ވަނީ ތާވަލް ކުރެވިފައެވެ.

ޑިސްކަވަރީގެ މި ވީޑިއޯއާއި މެދު ފުވައްމުލަކުގެ ބައެއް މީހުން ދެކެނީ އެއީ ރަށުގެ ޑައިވިން ޕްރޮމޭޓް ކުރުމަށްވުރެ ޑިމޯޓް ކުރުމަށް ނުވަތަ އެސައިޓާއި މެދު ބިރުވެރިކަން  އުފެދޭފަދަ ވީޑިއޯއެއްގެ ގޮތުގައެވެ. ނަމަވެސް މިވީޑިއޯއަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލާލުމުން އެއީ އަދި ބިރުވެރި ސައިޓެއްގެ ގޮތުގައި ޑައިވަރުން ނުދެކޭކަން ހާމަވެއެވެ.

ޓައިގަރ ޝާކު ފުވައްުމުލައް ޑައިވް ސައިޓްގައި

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
އަލީ
އަލީ
3 years ago

ފުވައްމުލަކު ރައްޔިތުންވެސް އުފާވާނެ ތިކަހަލަ ދިރުން ހުރި ތަނެއްކަން އެނގުމުން.