ފުވައްމުލައް ސިޓީގެ ކުރީގެ އިސް ވެރިންނާއި މޭޔަރު އިސްމާއިލް ރަފީގު ބައްދަލުކުރައްވައިފިއެވެ.
ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އެ އިއްޒަތްތެރިންނާއި މޭޔަރު އިސްމާއިލް ރަފީޤް ބައްދަލުކުރެއްވީ ފުވައްމުލަކުގެ ތަރައްގީގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ކުރީގެ ފުވައްމުލަކުގެ ބައެއް އިސްވެރިން
އެގޮތުން މި އޮގަސްޓް މަހު 2 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަކީ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން ދައުލަތަށް ގިނަ ދުވަހު ޚިދމަތް ކުރައްވައި މަގާމުން މުސްކުޅި ކުރައްވފައިވާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ތަރައްޤީއަށް ޒަމާނުއްސުރެ ހުރި ގޮންޖެހުންތަކާއި މިއަދުގެ ހާލަތާއިމެދު ހިޔާލުފާޅުކޮށް ބައިވެރިން މަޝްވަރާ ކުރެއްވިއެވެ.

ކުރީގެ ފުވައްމުލަކުގެ ބައެއް އިސްވެރިން
މިބައްދަލުވުމުގައި ފުވައްމުކުގެ އަތޮޅުވެރިޔާގެ އހީތެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވު ހުސޭން ޝަރީފް އާއި ބޮޑުކަތީބުކަން ކުރައްވާފައިވާ މުހައްމުދު ވަހީދު އަހުމަދު، މުހައްމަދު ސަޢީދު އަހުމަދު – ދޫނޑޭރެ އާއި އަދޮނާނު އިބްރާހިމް ދީދީ، ވިޔުޕާކް އާއި މުނީރު ހަސަން ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ކަތީބުކަން ކުރައްވާފައިވާ ނޫމާނު އަލީ ދިދީ، މިލާނޯ އާއި ހަސަން ސައީދު، ސޯސަންވިލާ އާއި ފުވައްމުލަކު ކޯޓުގެ ގާޒީކަން ކުރައްވާފައވާ އަހުމަދު ލަތީފު ހުދުއަސްރުމާގެ ވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.
+1
+1
ޚިޔާލުތައް