އާރުވީ އޮޑެއްސީ، މިއަދު ހެނދުނު ފުވައްމުލަކު ބޭރަށް އަތުވެއްޖެއެވެ. މިއީ ފުވައްމުލަކު ކަނޑުގެ ދިރާސާ ކުރުމަށް މިފަދަ އުޅަނދެއް ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
މި އުޅަނދު މިއަދުންފެށިގެން އަންނަ ހަފުތާއާއި ހަމަޔަށް ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދާނެކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހާމަކޮށްފައި ވެއެވެ.
މިބޯޓު މިއަދު ހެނދުނު 6:00ގައި ފުވައްމުލަކު ކަނޑުގެ ފަރިކެޑެ އިންފެށިގެން މަޑު މަޑު ދުވެއްޔެއްގައި ފުވައްމުލަކު އިރުއުތުރު ފަރާތުން، ‘ދިގިމަހަ ދެއަކެޑެ’ ހިސާބުން ދުވައްވާފައި ގޮސް ރަށްވަށާ ބުރެއް ޖަހާފައި ވާ ކަމަށ ްމިަކލް ޏޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އަދި މިއަދު ބޯޓު އޮތީ ރަސްގެފަންނު އާއި ދިމާލުން ދިގިމަހަ ދެއަގަޑި ހިސާބުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ބޭރަށް އަންނަނީ. ފޮޓޯ؛ ނެކްޓަން
މަސްވެރިންނާއި ދަތުރުކުރާ އުޅަނދު ތަކުން މި ބޯޓާއި 500 މީޓަރަށް ވުރެ ދުރުން ދަތުރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ވުމަށް ސަމާލުކަން ދިނުމަށެވެ.
56 މީާތރުގެ ދިގު އާރްވީ އޮޑެއްސީ ރާއްޖެއައީ ދިވެހި ސަރުކާރު ގުޅިގެން އަންނަނީ ދިވެހި ކަނޑުތަކުގެެ ފުޅާ ދިރާސާއެއް ކުރަމަށެވެ. އެ ދިރާސާގެ މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން “ނެކްޓަން” އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު ގުޅިގެންނެވެ.
މިއުޅަނދުގައި މިހިމެނޭ ރޮބޮޓިކް އުފެއްދުންތައް ވެސް މި ދިރާސާގެ މިސާވޭގައި ބޭނުން ކުރާނެއެވެ. އެގޮތުން ކަނޑުގެ މަތީ ފަށަލައިން ސާމްޕަލްތައް ނެގުމަށް ނިއުސްޓަން ނެޓްސް އާއި ކަނޑުގެ މެދު ފަށަލައިގެން ސާމްޕަލްތައް ނެގުމަށް ޓަކާ ޓްރޯލް އަދި ކަނޑުއަޑީގެ ޓޯޕޯގްރެފިކް މެޕިން އަށް ބޭނުންކުރާ މަލްޓިބީމް ކަހަލަ އެކި ވަސީލަތްތައް ހުންނަ ކަމަށް މިހާރުގެ ރިޕޯޓަރު އިފްރާޒު (17 ސެޕްޓެމްބަރު 2022) ހާމަކުރެއެވެ.

ޚިޔާލުތައް