ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވުމުގެ ސަބަބުން ޟުސުމާބޭހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މިއެލާޓް ނެރެފައިވަނީ މިއަދު (11 ސެޕްޓެމްބަރު 2022) މެންދުރު 12:30 އިން ފެށިގެން މިއަދު ހަވީރު 4:30 އަށެވެ. މި އެލާތް ނެރެފައިވަނީ ދެކުނުން ލ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ދެމެދުއެވެ.
މި ރީނދޫ ސަމާލު (ޔެލޯ އެލާޓް) އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވެސް ވަނީ މިކަން ރައްޔިތުން ސަމާލުކަމަށް ގެނެސްފައެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭ ވެހި 45 މޭލު ބާރުމިނުގައި ވައި ޖެހޭނެއެވެ.
އިއްޔެގެ، 10 އޮކްޓޯބަރު ހެނދުނު 8:00 އިން މިއަދު 11 އޮކްޓޯބަރުގެ 8:00 އަށް މުޅި ރާއްޖެއިން ވެސް އެންމެ ގިނއަިން ވާރޭ ވެހިފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށް މެޓް އޮފީހުން ހާމަކުރި ތަފާސްހިސާބުން ދައްކައެވެ. އެގޮތުން ފުވައްމުލައް ސިޓީ އަށް 55.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ.ތިނަދޫ (49.8މމ) އާއި ހުޅުލެ (37.2މމ) އަދި ސ. ގަމަށެވެ. ސ. ގަމަށ ްވެހިަފައިވަނީ 34.1 މިލިމީޓަރުގެ ވާރޭއެވެ.
އެގޮތުން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީ ސަރަހައްދުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އެންމެހައި ރައްޔިތުން މިކަމަށް ސަމާލުވެ ތިއްބެވުމަށް އިލްތިމާސް ކުރާކަމަށް ވެއެވެ.
ޚިޔާލުތައް