A wide advertisement which will be shown on all devices. (700 x 100)

ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީއިން ތައްޔާރު ވަމުންއަންނައިރު ފުވައްމުލައް ސިޓީއިން ގިނަ މެމްބަރުންތަކެއް މަދުވެފައި

ފުވައްމުލައް ސިޓީ އެމްޑީޕީ މެމްބަރުންގެ އަދަދުތައް 2023

ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީއިން ތައްޔާރުވަމުން އަންނައިރު  ކުރިން ފުވައްމުލައް ސިޓީއިން އެމްޑީޕީގައި ގިނަ މެމްބަރުންތަކެއް ތިބި ނަމަވެސް އެއަދަދުތައް މަދުވެފައިވާކަން ވޯޓާސް ލިސްޓުން އެނގެއެވެ.

ކުރިން އެމްޑީޕީގެ މެމްބަރުން އެންމެ ގިނަ އެއް އަވަށް ކަމަށްވާ ހޯދަޑު އަވަށުގެ ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި އެ އަވަށުގެ ގިނަ އަދަދެއްގެ މެމްބަރުންނެއް ޕާޓީގެ ދަފުތަރުގައި މިހާރަކު ނެތެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ފުވައްމުލަކު އުތުރު ދާއިރައިން %60 އެއްހާ މެމްބަރުން ވަނީ ޕާޓީގެ ދަފުތަރުން މަދުވެފައެވެ.

މިހާރު އެމްޑީޕީގެ ދަފުތަރުގައި ފުވައްމުލައް ސިޓީއިން ތިބީ ޖުމުލަ 2074 މެމްބަރުންނެވެ. އެއިގެތެރެއިން އެންމެ ގިނަ މީހުން ތިބީ މިސްކިތްމަގު އަވަށުގައި އާއި ދޫނޑިގަމު އަވަށުގައެވެ. އެ ދެ އަވަށުގައި ތިބީ 385 އާއި 333 މީހުންނެވެ. އެންމެ މަދުން މީހުން ތިބީ ދިގުވާޑު އަދި ދަޑިމަގުން އަވަށުންނެވެ. އެ ދެ އަވަށުން އެމްޑީޕީގައި މިހާރު ތިބީ 151 މީހުންނާއި 163 މީހުންނެވެ.

ފުވައްމުލައް ސިޓީ އެމްޑީޕީ މެމްބަރުންގެ އަދަދުތައް 2023

ފުވައްމުލަކުއްގައި ހިމެނޭ ރައްޔިތުންގެ މަޖުލީހުގެ 3 ދާއިރާއަށް ބަލާއިރު އެންމެ ގިނަ މީހުން ތިބީ މެދު ދާއިރާގައެވެ. މެދު ދާއިރާގައި 916 މީހުން އެބަތިއްބެވެ. އެއީ މިސްކިތްމަގު އަވަށާއި މާދަޑު އަވަށުގެ އިތުރުން މާލެގަމު އަވަށެވެ. ދެވަނައަށް ދެކުނު ދާއިރާގައި 615 މީހުން ތިބި އިރު އެއީ ދޫނޑީގަމާއި ފުނާޑު އަވަށުންނެވެ.

އެންމެ މަދުން މީހުން ތިބީ ކުރިން އެންމެ ފޯރިނަގާފައި އެމްޑީޕީ މީހުން އުޅުނު ހޯދަޑާއި ދިގުވާޑު ހިމެނޭ އުތުރު ދާއިރާގައެވެ. އެދާއިރާގައި މިހާރު ތިބީ 543 މެމްބަރުންނެވެ. މިދާއިރާގައި ހިމެނޭ ހޯދަޑު އަވަށާއި ދިގުވާޑު އަވަށުގެ ގިނަ މެމްބަރުންތަކެއް ފަހުން ބަދަލު ގެނައި އެމްޑީޕީ މެމްބަރުންގެ ލިސްޓުގައި ނެތްކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ކުރިޔަށް މިއޮތް އެމްޑީޕީ ޕްރަމަރީގައި %80 މެމްބަރުން ވޯޓު ލާނެ ކަމަށް ބަލާނަމަ ފުވައްމުލަކުން މެޖޯރިޓީ ހޯދުމަށް ކެންޑިޑޭޓަކު މަދުވެގެން 830 ވޯޓު އިންތިޚާބުގައި ހޯދަން ޖެހެއެވެ. މިއީ ދާއިރާތަކުގެ ނިސްބަރުން ބަލާއިރު:

އުތުރު ދާއިރާ އިން 218 ވޯޓު

މެދު ދާއިރާއިން 367 ވޯޓު

ދެކުނު ދާއިރާއިން 246 ވޯޓެވެ.

ފާއިތުވި އހަރު ކުރިޔަށްދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއާއި ދެކުނު ދާއިރާއިން މެޖޯރިޓީ ހޯދީ ރައީސް ނަޝީދު ތައިދުކުރެއްވި އިމްތިޔާޒު ފަހުމީ އެވެ. ނަމަވެސް މެދުދައިރައިން މެޖޯރިޓޯީ ހޯއްދެވީ ރައީސް އިބްރާހިމް މުހައމްަދު ސޯލިހު ތާއިދު ކުރެއްވި ފައްޔާޒު އިސްމާއީލެވެ.

އެ އިންތިޚާބަށްފަހު މެމްބަރުންގެ ލިސްޓަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު ފުވައްމުލަކުގެ މެޖޯރިޓީ މިފަހަރު ހޯދާނީ ކޮން ކެންޑިޑޭޓެއް ބާވައެވެ؟ މިފަހަރުގެ ރިޔާސި ޕްރަމަރީގައި ވާދަކުރައް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރިގެ ރައީސް މުހައްމަދު ނަޝީދު އެވެ. ޕާޓީގެ އެތެރޭގެ މިއިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށް ދެކެންޑިޑޭޓުންގެ ފަރާތުން ވެސް އަންނަނީ ބުނަމުންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !