A wide advertisement which will be shown on all devices. (700 x 100)

‘ބިޅިފޭށެ’ ރިޒޯޓެއް ހަދަން ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ

އެމްޑިޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ފުވައްމުލައް ސިޓީގައި 2023 ޖެނުއަރީ 25

ފުވައްމުލަކު އެއާޕޯޓް ބިއްދޮށުގައި އޮތް ރަށުގެ ވަކިބައި ކަމަށްވާ ‘ބިޅިފޭށެ’ ގައި ރިޒޯޓެއް ހަދަން ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މެންދުރު ފަހު ފުވައްމުލައް ސިޓީގައި ބޭއްވި ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވައުދުވީ މިއަހަރު ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ބިޅިފޭށެ ގައި ރިޒޯޓެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އެމްޑިޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ފުވައްމުލައް ސިޓީގައި 2023 ޖެނުއަރީ 25

2008 ވަނަ އަހަރު ގާމުވި އެމްޑީޕީ ސަރުކާރުން ވަނީ ފުވައްމުލަކު އެއާޕޯޓް ސަރަހައްދާއި ފުވައްމުލަކު ގެންމިސްކިތް ފަންނުން ފެށިގެން ބައްތި ސަރަހައްދާއި ދެމެދު އެއީ ރަށާއި ވަކި ދެ ސަރަހައްދުގެ ގޮތުގައި ކަނޑައާޅައި އެ ދެ ސަރަހައްދުގައި ފަތުރުވެރިކަން ގާއިމުކުރުމުގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އައި ވެރިކަމުގައި އެކަން ވަނީ ބަދަލުކޮށްފައެވެ. ވުމާއެކު އެ ދެ ސަރަހައދުގައި ފަތުރުވެރިކަން ގާއިމުކުރުމުގެ މަސައްކަތް އިތުރަށް ކުރެވިފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި އެކަމަށް އިޝާރާއްތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ 2018ގެ އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ވަކިން ބޮޑަށް ހިމަނާފައި ވިޔަސް  މިއަދު އެކަން ވަނީ ނުވެފައި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވީ

“ފަސް އަހަރު ނިމިދަނީ، އަޅުގަނޑުމެންނަށް އެކަން މިއޮތީ ނުކުރެވި. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގައި އެތަނުގައި ރިސޯޓެއް އެޅުމުގެ މަސައްކަތް ފެށޭނެ،” ކަމަށެވެ.

އެމްޑިޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ފުވައްމުލައް ސިޓީގައި 2023 ޖެނުއަރީ 25

ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ގޮތުން މިހާރު ހުރީ އަމިއްލަ މީހުންގެ ގެސްޓް ހައުސްތަކައި ޑައިވީން ސެންޓަރު ތަކެވެ. ފުވައްމުލަކުގައި ފަތުރުވެރިކަމުގެ 1000 އެނދު ތައާރަފުކޮށްދޭނެ ކަމަށް މިސަރުކާރުން ކުރިން ބުނެފައިވިޔަސް އެކަމަށް ކުރެވުނު މާބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ. ސިޓީ ހޮޓަލެއްގެ ވާހަކަ ދެކެވުނަސް އެކަމުގެ ތަސައްވުރެއް ވެސް އަދި އޮތްކަން އެނގޭކަން ނެތެވެ.

ފުވައްމުލަކުގައި ކުރިޔަށްދާ ޑައިވިން ފަތުރުވެރިކަމަށް ނިސްބަތް ކޮށް ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވިސްނުމުގައި އެ ރަށް މުޅި ދުނިޔެއަށް ތައާރަފުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ “އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ދިވެހި ސަރުކާރުން ހިންގާ ހުރިހާ ޕްރޮމޯޝަނެއްގައި ހާއްސަ ގޮތެއްގައި ފުވައްމުލަކުގެ ޓޫރިޒަމްގެ ވާހަކަ އަކީ “އެހެން ވާހަކައެއްގެ ގޮތުގައި” އަޅުގަނޑުމެން މުޅި ދުނިޔެއަށް ފާހަގަކުރަމުން ގެންދާނަން،” އެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !