ފޯސީޒަން އެޕްރެންޓިސް ފުރުސަތު

ފޯސީޒަން ރިޒޯޓްގެ 2021 ވަނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމަށް ފުރުސަތު
Share on facebook
Share on twitter
Share on google

ފޯ ސީޒަން ރިޒޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްކަށް މައުލުމާތު ދިނުމާށާއި ސްކްރީންނިން އަދި އިންޓަވިއު އަންނަ ހުކުރު ދުވަހު (26 ނޮވެމްބަރު 2021) ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓް ކުރިޔަށް ކުރިޔަށް ގެނދިއުމަށް ހަމަޖެހިފައިވަނީ ހާފިޒު އަހުމަދު ސްކޫލުގައި، ހުކުރުދުވަހުގެ ހެނުދު 9:00އިން ފެށިގެންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަށް 50-60 ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވެއެވެ. ޖީސީއީ އޯލެވެލް ހަދާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހޮސްޕިޓަލިޓީ ދާއިރާއިން އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން ކިޔެވުމާއިއެކު އަމަލީ ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފޯ ސީޒަން މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ޓިވެޓް ސެޓިފައިޑް ކޯސްތަކެކެވެ.

ފާއިތުވި 2020 ވަނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމް

މި ޕްރޮގްރާމަކީ 2001 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިޕްރޮގްރާމަށް ކުދިން ހޮވުމުގެ ހަރަކާތްތައް މީގެ ކުރިން ވެސް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

ރިޒޯޓް މާހައުލުގައި ފޯސީޒަން ރިޒޯޓްސް އިން އަންނަނީ ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއެކު މިޕްރޮގްރާމުގެ ބައިވެރިންނަށް ކިޔަވައިދިނުމަށް ކްލާސްތަކެއް ހިންގަމުންނެވެ. މިޕްރޮގްރާމުން ޖާގަ ހޯދުމަށް ގިނަ ދަރިވަރުން ކުރިމަތިލާއިރު ޕްރޮގްރާމަށް ވަރަށްބޮޑު ތަރުހީބެއް ވެސް ލިބެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments