އަލަށް ހުޅުވާ “ޖޯއި އައިލޭންޑް”ގެ ވަޒީފާގެ ފުރުސަތު ފުވައްމުލަކުން

ޖޯއީ އައިލްންޑް ރިޒޯޓްގެ ވަޒީފާގެ ފުރުސަތު ފުވައްމުލައް ސިޓީއިން
Share on facebook
Share on twitter
Share on google

އަލަށް ހުޅުވުމަށް ތައްޔާރުވެފައިވާ ރިޒޯޓެއް ކަމަށްވާ ‘ޖޯއި އައިލޭންޑް’ގެ ވަޒީފާގެ ފުރުސަތްތަކުގެ މައުލޫމާތު ދިނުމަށް “އޯޕަން ޑޭ” އެއް ފުވައްމުލައް ސިޓީގައި ބާއްވަން ތާވަލްކޮށްފިއެވެ.

މި މޭ މަހު 28 ވާ އާދީއްތަ ދުވަހު ބާއްވާ މައުލޫމާތު ސެޝަންނުގައި ވަޒީފާއަށް އެދުން ނުވަތަ އެޕްލައި ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އެފަރާތުން ހާމަކުރައްވައެވެ. ޖޯއީ އައިލޭންޑްގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި އޯޕަން ޑޭއަށް ޒިޔާރަތް ކުރުމުން ވަޒީފާގެ އިންޓަވިއު ކުރުން ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޕަން ޑޭ އޮންނާނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މައި ހޯލުގައި 28 ވާ އާދިއްތަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.

ޖޯއީ އައިލްންޑް ރިޒޯޓްގެ ވަޒީފާގެ ފުރުސަތު ފުވައްމުލައް ސިޓީއިން

“ޖޯއި އައިލޭންޑް” އިން ހާމަކުރައްވާ ގޮތުގައި އެ ރިޒޯޓުގެ ހުރިހާ ޑިޕާޓްމެންޓަކުން ވެސް ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ހުޅުވާލާފައިވާ ވަޒީފާގެ ދާއިރާ ތަކުގެ ތެރޭގައި:

ފުޑް އެންޑް ބެވަރާޖެސް

ކަލިނަރީ އާޓްސް

ފްރޮންޓް އޮފީހުގެ

ޓެލެންޓް އެންޑް ކަލްޗާ

އާއި ކަލްޗާ،

ފައިނޭންސް،

އިންޖިނިއަރިން

ސްޕާގެ ވަޒީފާގެ ފުރުސަތްތައް ހިމެނެއެވެ.

މި އޯޕަންޑޭއަށް ހާޒިރު ނުވެވޭ ފަރާތްތަކަށް ވެސް އެރިޒޯޓްގެ ވަޒީފާގެ ފުރުސަތު ހުޅުވިފައި ވާކަމަށް ހާމަކުރައްވައެވެ. އެގޮތުން ވަޒީފާއަށް އެދި ސީވީއާއި ކަވާ ލެޓާ- ޝައުގުވެރިވާ ވަޒީފާ ބަޔާންކޮށް އީމެއިލް careers@thecocooncollection.com ކުރުމުން ބަލައިގަންނާނެ ކަމަށް ހާމަކުރައްވައެވެ.

ޖޯއީ އައިލޭންޑް ރިޒޯޓް އަކީ މާލެ އަތޮޅު އުތުރު ބައިގައި ހިމެނޭ ރަށެކެވެ. މާލެއިން 40 މިނިޓްގެ ސްޕީޑް ބޯޓް ދަތުރެއްގައި އެރަށަށް ދެވެއެވެ. މިއީ ކޮކޫން ކަލެކްޝަންގެ ދަށުން ހިންގާ ރިޒޯޓެކެވެ.

4.2/5.0 Article rating
5 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments