މުވައްޒަފުން ތުނބުޅި ބެހެއްޓުމުގެ އުސޫލަކީ ވަކިވަކި ރިޒޯތްތަކުން ކުރިންވެސް ގެންގުޅޭ އުސޫލެއް

ޑަބްލިއު ރިޒޯޓް - ދިވެހިރާއްޖެ
Share on facebook
Share on twitter
Share on google

ރާއްޖެގެ ޓްވަރިސްޓް ރިޒޯޓް މުވައްޒަފުން ތުނބުޅި ބެހެއްޓުމުގެ އުސޫލަކީ ވަކިވަކި ރިޒޯޓްތަކުން މާ ކުރީއްސުރެ ވެސް ގެންގުޅެމުން އަންނަ އުސޫލެއް ކަމަށް އެދާއިރާ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފު ހާމަކުރެއެވެ.

އެގޮތުން ރިސޯޓް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށް އަދި ސިނީއާ މަގާމުތަކުގައި މަސައްކަތް ކޮށް އަދި މިހާރުވެސް ކުރަމުން އަންނަ އަހުމަދު ނަސީމު ހާމަކުރައްވާ ގޮތުގައި މީގެ 10، 12 ވަރަކަށް އަހަރު ކުރިން ވެސް ރާއްޖޭގެ ބައެއް ރިޒޯތްތަކުގައި ތުނބުޅި ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ރިޒޯޓް ދާއިރާގައި މަސައްކަތް ކުރާ ބައެއް އެހެން މީހުންވެސް ވަނީ މިކަން ފާހަގަކޮށް މިކަލް ނޫހަށް މައުލޫމާތު ދީފައެވެ.

އޮންލައިން ނޫހެއް ކަމަށްވާ “ފުވައްމުލައް ޓައިމްސް” ގައި އިއްޔެ ޝާއިކުރި އާޓިކަލްއެއްގައި ބުނެފައިވާ ގޮތުން ހޮޓެލް ޗެއިންއެއް ކަމަށްވާ “މެރިއެޓް”އިން ރާއްޖޭގައި ހިންގާ “ވެސްޓިން” ރިޒޯޓްގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ދާދި ފަހުން ދިން ހުއްދައަކީ ރާއްޖޭގެ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަލަށް ދެވުނު ހުއްދައެއް ކަމަށެވެ. ނަމަވެސް އެދާއިރާގެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެ، އެއީ “ދޮގު” ޚަބަރެއް ކަމަށާއި ދޮގު ޚަބަރު ނުފެތުރުމަށް ފޭސްބުކްގައި ލިޔެފައި ވެއެވެ.

“ބުހުތާނި ފެން ނިޖެހޭ ވަރޮގެ ބޮޑޮ ދޮގެއް ހަދާފޭ މިއޯތީ އަފުންރަށި ނޫހަކުން. މީގެ ބާރަ އަހަރޮ ކުރިއެން މަ ވޭޑުން ރިސޯޓެކި ތިބިޅި ދިގި ކޯގެން ބޮލް ދިގި ކޯގެން ކަންފައްތެ މުދިލާގެން ވޭޑެވިއޭ. މައުލޫމާތު ލިބިގަތުމުގައި އެބަ އުޅޭ މައްސަލައެއް” ރިޒޯޓްގައި ފޭސްބުކުގައި ފުވައްމުލަކު

ރާއްޖޭގައި މެރިއެޓްއިން ހިންގަމުން އަންނަ ޑަބްލިޔު ރިޒޯޓްގެ މުވައްޒަފުންނަށް މީގެ އެތައް އަހަރެއް ކުރިން ތުނބުޅި ބެހެއްޓުމުގެ މިނިވަންކން ދީފައިވާ ކަމަށް ރިޒޯޓް ދާއިރާގައި މަސައްކަތް ކުރާ ދެ މީހަކު ހަމަކޮށްފައިވެއެވެ.

ޑަބްލިޔު ރިޒޯތަކީ 2006 ހިސާބުން ފެށިގެންވެސް ރާއްޖެގައި އެންމެ ފުރަތަމަ ބޮޑު އަދަދަކުން ސާވިސް ޗާޖެއް މުވައްޒަފުންނަށް ދޭން ފެއްޓި ރިޒޯޓްކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އެއިގެ ފަހުން ގިނަ ރިޒޯޓްތަކުން މުވައްޒަފުންނަށް ބޮޑު އަދަދުން ސާވިސް އެލަވަންސް ދޭތަން ފެނިގެން ދެއެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments